ގާޒީ ހައިލަމް ސަސްޕެންޑްކޮށް ކުރީގެ ރައީސް ޔާމީނަށް ހުކުމް ކުރާ ޝަރީއަތް ކެންސަލް ކޮށްފި

ކްރިމިނަލް ކޯޓުގެ ގާޒީ އަހްމަދު ހައިލަމް ސަސްޕެންޑްކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ކެންސަލްކޮށްފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގައި ހުކުމް އިއްވާ މަޖިލިސް މިއަދު 13:00 އަށް ވަނީ ތާވަލްކޮށްފައެވެ. މި އަޑުއެހުންތަކުގައި ރައީސް ޔާމީންގެ މައްސަލައިގައި ގާޒީ އަކަށް އިންނަވަނީ ކްރިމިނަލް ކޯޓުގެ އިސްގާޒީ ހައިލަމް އެވެ.
ނަމަވެސް ޝަރީއަތް ކެންސަލްކޮށްފައި މިވަނީ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ގާޒީ ހައިލަމް ވައިބަރ ގުރޫޕަކަށް ފޮނުއްވެވި ކާޓޫނެއްގެ މައްސަލަ ބަލައި ޖޭއެސްސީ އިން ހައިލަމް ސަސްޕެންޑްކުރުމުންނެވެ.
މައުލޫމާތު ލިބޭ ގޮތުގައި ގާޒީ ހައިލަމް ސަސްޕެންޑް ކުރީ މިއަދު ޖޭއެސްސީ އަށް ހާޒިރުވާން އަންގާފައި ވަނިކޮށް ހާޒިވެވަޑައި ނުގެންނެވުމުން ގައިރު ހާޒިރުގައެވެ. ހައިލަމް ވަޑައިނުގެންނެވީ އެ މައްސަލައިގައި ބަޔާނެއް ނެރުއްވާފައިވާއިރު ޖޭއެސްީގައިވެސް ދައްކަވަން އޮތީ އެވާހަކަ ކަމަށް ވިދާޅުވެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ،.
ނޮވެމްބަރު 2019 ވަނަ ދުވަހު ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ ވައިބަރ ގްރޫޕެއްގައި ނަސްރުގެ ދުވަހުގެ ތަހުހިޔާ ކިޔުމުގެގޮތުން ފޮޓޯއެއް ލާފައިވަނީ އެ ފޮޓޯގައި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ހުރިކަން އެނގިވަޑައިގަތުމުން ދެން އެ ފޮޓޯގައި ތިބި ފަރާތްތަކަކީ ކޮންބައެއްތޯ ބެއްލެވުމަކާ ނުލައި ކަމަށް، ކްރިމިނަލް ކޯޓުގެ އިސް ގާޟީ އަހްމަދު ހައިލަމް ވަނީ ވިދާޅުވެފައެވެ.
"ކްރިމިނަލް ކޯޓުގެ އިސް ގާޟީ" ޖަހާފައިވާ ލެޓަރހެޑެއްގައި ލިއުއްވައި ގާޟީ އަހްމަދު ހައިލަމް ހޯމަދުވަހުގެރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، އެމަނިކުފާނު އެ ފޮޓޯ ޝެއަރކުރެއްވި ވައިބަރ ގްރޫޕަކީ، ކްރިމިނަލް ކޯޓުގެ މުވައްޒަފުން އިޖުތިމާއީ ކަންކަމުގައި މަޝްވަރާ ކުރުމަށާއި، ޚިޔާލު ބަދަލުކުރުމުގެ ގޮތުން ހަދާފައިވާ ވައިބަރ ގްރޫޕެއް ކަމަށެވެ.
އެހެން ނަމަވެސް، އެ ފޮޓޯ ވައިބަރ ގްރޫޕަށް ލެއްވިއިރު އެ ފޮޓޯގައިވާ ކުރެހުމުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދުއަށް ނިސްބަތްކުރެވޭ ފަދަ ކުރެހުމެއް ހުރިކަން އެނގިފައި ނުވާކަމަށްވެސް ގާޟީ ހައިލަމް ވިދާޅުވެފައި ވެއެވެ. އަދި އެކަމަށް މާފަށް އެދިވަޑައިގަންނަވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ