އިންޑިޔާ ސިފައިން ފޮނުވާލުމަށް މަސައްކަތް ފަށާނެ ކަމުގެ އިންޒާރު އުމަރު ދެއްވައިފި

ދިވެހިރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ރާއްޖެއިން ނުފައިބައިފި ނަމަ އެކަން ކުރުމަށް މަސައްކަތް ފަށާނެ ކަމުގެ އިންޒާރު ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ދެއްވައިފިއެވެ.އުމަރު މިހެން ވިދާޅުވެފައި ވަނީ ރާއްޖެއާއި އިންޑިޔާ އާއި ދެމެދު ދިފާއީ ގުޅުން ބަދަހި ކުރުމަށް ދެ ގައުމުން މަސައްކަތް ފަށާފައިވާ ކަމަށް ލިޔެފައިވާ ޚަބަރަކާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.އުމަރު ވިދާޅުވި ގޮތުގައި ކޮންމެ ނަމެއް ދިނަސް އަދި ކިތަންމެ ވަރަކަށް ފޯކަސް ގެއްލުވާލަން މަސައްކަތް ކުރި ނަމަވެސް އިންޑިޔާ އާއި އެކު ދިފާއީ ގުޅުން ވަރުގަދަ ކުރުމަކީ ދިވެހި ބިމަށް އިންޑިޔާ ސިފައިން އަރައިގަތުން ކަމަށެވެ.އަދި ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ފައިބަން ޖެހޭނެ ކަމަށާއި އެކަން އިންޑިޔާއިން ނުކޮށްފި ނަމަ އެކަން ކުރުމަށް ތެދުވެވަޑައިގަންނަވާނެ ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.އުމަރު މިހެން ވިދާޅުވިއިރު ރާއްޖޭގެ ސިފައިން ބޭނުން ކުރަމުން އަންނަ އިންޑިޔާ ދެ ހެލިކޮޕްޓަރާއި، ހެލިކޮޕްޓަރު ދުއްވާ އަދި އޭގައި މަސައްކަތް ކުރާ އިންޑިޔާ ސިފައިން ރާއްޖެއިން ފޮނުވާލުމަށް ބޮޑު މުޒާހަރާއެއް ކުރުމަށް އެބޭފުޅާ ކުރިން ވެސް މަސައްކަތް ފެއްޓެވިއެވެ. އެހެން ނަމަވެސް ރައީސް ސޯލިހްގެ ސަރުކާރުގެ ފިއްތުން ތަކާއި ހުރެ އެ މުޒާހަރާ ކުރުމުގެ ފުރުސަތެއް އުމަރު ނަސީރަށް ލިބިފައެއް ނުވެއެވެ.
މިލިޔުން ކިޔާލުމުން
100 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
މިޙަންމަދު
ސާބަހޭ އުމަރާ.
REPLY
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ