މަޖީދީ މަގުގައި ހެންވޭރު ދަނޑު ކައިރީގައި ހުންނަ ވެސްޓާން ޔޫނިއަންގެ އޮފީސް ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ފޭރިގެންފި އެވެ.
މިފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަން ފުލުހުން ވަނީ ޔަގީންކޮށްދީފަ އެވެ. ނަމަވެސް ފުލުހުން ބުނީ މިމައްސަލައިގެ ތަފްސީލް ހާމަކުރަން އަދި ވަގުތުކޮޅެއް ބޭނުންވާ ކަމަށެވެ.
ވީނިއުސް އަށް މައުލޫމާތު ދިން މީހަކު ބުނީ ވެސްޓާން ޔޫނިއަންގެ އޮފީސް ފަޅާލައި އެތަނުން ގިނަ އަދަދެއްގެ ފައިސާ ފޭރިގަތީ އެތަނުގައި ސެކިއުރިޓީ ބަލަހައްޓަން ތިބި ވޮޗަރުންނަށް ތޫނު އެއްޗަކުން ބިރުދައްކާ އެމީހުން ބަނުމަށްފަހު ކަމަށެވެ.
ފުލުހުން މިހާރު ދަނީ ވެސްޓާން ޔޫނިއަންގެ އޮފީހުގައި ހަރަކާތްތެރިވަމުންނެވެ.
ވެސްޓާން ޔޫނިއަން އަކީ ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށް ގިނަ ބަޔަކު ބޭނުންކުރާ ހިދުމަތެކެވެ. އެހެންކަމުން އެތަނުގައި ފައިސާ ހުރި އަދަދެއް ވެސް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
ވެސްޓާން ޔޫނިއަންގެ އޮފީސް ހިންގާ އިމާރާތަކީ ބައެއް އެއާލައިންތަކުގެ އޮފީސްތައް ވެސް ހިންގާ އިމާރާތެކެވެ. ނަމަވެސް މިތަނުން އޮފީހެއް ފަޅާލައި ވައްކަން ކުރި ކަން އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
މާލޭގައި ހުންނަ ވެސްޓާން ޔޫނިއަންގެ އޮފީސް ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ފޭރިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ