ބޮލުން މާބޮޑަށް ހަންފޮޅޭތީ ކަންބޮޑުވޭތަ؟ މި ކަންކަން ކޮށްލާ

ބޮލުން ހަންފޮޅި ބޯ ކަހާ ބޮލުން އިސްތަށި ފޭބުމުގެ މައްސަލައަކީ ވަރަށް ގިނަ ބަޔަކަށް ދިމާވާ ކަމެކެވެ. މި ހުރިހާ ކަމެއް ވެސް ހަގީގަތުގައި ގުޅިފައި ވަނީ ބޮލުގެ ހަންގަނޑު މާބޮޑަށް ހިކި އެކަމަށް ފަރުވާ ކުޑަކޮށްލެވޭތީއެވެ. އިސްތަށިގަނޑު ރީތިކޮށް ބޭއްވުމަށް ބޭނުންކުރެވޭ ތަފާތު އުފެއްދުންތަކުގެ ސަބަބުން ބައެއްފަހަރު މި މައްސަލަ ދިމާވާއިރު މާގިނައިން އިސްތަށިގަނޑު ދޮވުން ނުވަތަ ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ނުބޮވޭނަމަ ވެސް ހަންގަނޑު މާބޮޑަށް ހިކުމަށް މެދުވެރިވެއެވެ. އަޅުގަނޑުމެންގެ ތެރެއިން އެގްޒިމާ ނުވަތަ ސޮރިއާސިސް ފަދަ ހަމުގެ މައްސަލަ ހުންނަ މީހުންނަކީ ވެސް ބޮލުގައި އާދަޔާ ޚިލާފަށް ހަންފޮޅި ބޮލުގެ ހަން ކުރަކިވުމުގެ މައްސަލަ ދިމާވާ މީހުންނެވެ. ބޮލުގައި ހަންފޮޅި މާބޮޑަށް ހިރުވާގޮތްވާނަމަ ކާށިތެލަކީ ވެސް ބޭނުންކުރެވިދާނެ މުހިއްމު ބާވަތެއް--ފޮޓޯ/ޕިންޓްރެސްޓް ވިމެންސް ހެލްތު، އެސްތެޓިކްސް އެންޑް ކޮސްމެޓިކްސް، އެންޑް ސްކިން ކެއާ އަށް ހާއްސަ އެ ދާއިރާގައި މަސައްކަތްކުރާ ޑރ. ސިންތިއާ ކޮބް ބުނެފައިވާ ގޮތުން މަތީގައި ބަޔާންކުރެވުނު ކަންކަން ތަހައްމަލުކުރާ މީހުންނަށް ގޭގައި އެކަމަށް ހައްލު ހޯދިދާނެ ގޮތްތަކެއް އެބަހުއްޓެވެ. އެގޮތުން އެގްޒީމާ ހުންނަނަމަ ބޮލުގެ ހަންގަނޑު ތެތްކޮށް ބެހެއްޓުމަށް ނުވަތަ މޮއިސްޗަރައިޒްކޮށްފައި ބެހެއްޓުމަށް ސަމާލުކަން ދެވިދާނެއެވެ. ސްކަލްޕް ސޮރިއާސިސް ހުންނަނަމަ އާއްމުގޮތެއްގައި ޑޮކްޓަރެއްގެ އިރުޝާދުގެ މަތިން އެކަމަށް ހާއްސަކުރެވިފައި ހުންނަ ޝޭމްޕޫ އާއި މޮއިސްޗަރައިޒާ ބޭނުންކުރުމަށް ސަމާލުކަން ދިނުން މުހިއްމެވެ. ބޮލުގައި ގުދުރަތީ މާއްދާތައް އެކުލެވޭ ތެޔޮ ހޭކުމަށްފަހު މޮއިސްޗަރައިސް ކުރުމަކީ ގޭގައި ކުރެވިދާނެ ކަމެއް--ފޮޓޯ/ވެރީވެލްހެލްތު ބޮލުގައި ހަންގަނޑު މާބޮޑަށް ކުރަކިވެ ހިރުވާނަމަ ކާށިތެޔޮ، ޓީ ޓްރީ އޮއިލް، އެލޯ ވެރާ، އެޕްލް ސިޑަ ވިނެގާ އަދި ވިޗް ހެޒެލް ބޮލުގައި ހަންގަނޑުގައި އުނގުޅާލެވިދާނެ ކަމަށް ޑރ. ސިންތިއާ ވަނީ ބުނެފައެވެ. ހަމައެއާއެކު ބޭކިންގް ސޮޑާ އަދި ޒައިތޫނި ތެޔޮ އެއްކުރުމަށްފަހު ބޮލުގައި ހާކާލެވިދާނެއެވެ. ދެން އެންމެ ގިނައިން މިފަހަކަށް އައިސް ބޭނުންކުރާ އެއްބާވަތަކީ ޖޮޖޯބާ އޮއިލް އަދި އެވަކާޑޯ ތެލެވެ. މިއިން ކޮންމެ ބާވަތަކީ ވެސް ގުދުރަތީ މާއްދާތަކެއް އޭގައި އެކުލެވިގެންވާ ބާވަތްތަކަށް ވިޔަސް މި ބާވަތްތަކާ އެކު އިތުރު އެހެން އެސެންޝަލް އޮއިލް އެއްކުރާނަމަ އެއި އައިސްދާނެ އެލާޖިކް ރިއެކްޝަނަކަށް ތައްޔާރުވެ ހުރުމަށް ސަމާލުވުމަށް ޑރ. ސިންތިއާ ވަނީ އިރުޝާދު ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ