ކުށަށް އަރައިގަތުނުގެ ނުރައްކަލުގައިވާ ކުދިންނަށް ބޭނުންވާ ފަރުވާ ދިނުމަށްޓަކައި އިސްލާހީ އަދި ރިހެބިލިޓޭޝަނަށް އުތުރުތިލަފަޅުގައި ގާއިމުކުރުމަށް ސަރުކާރުން ރާވާފައިވާ "ހޯޕް އައިލެންޑް" އަޅައިދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.
ހޯމްލޭންޑް މިނިސްޓްރީން ވަނީ ވަނީ މި މަޝްރޫއުއަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 27 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފަ އެވެ. މި މަޝްރޫއޫގައި ހިމެނެނީ އެތަން ތަރައްގީކުރުމަށް ބިން ހިއްކުމާއި ހިއްކި ސަރަޙައްދު ހިމާޔަތް ކުރުމާއި ބެނުންވާ ވަސީލަތްތައް ތަރައްގީ ކުރުމެވެ.
އުތުރުތިލަފަޅުން 15 ހެކްޓަރު ބިން ހިއްކައިގެން ހޯޕް އައިލެންޑް ތަރައްގީ ކުރުމަށް 15 މިލިއަން ޑޮލަރު (231 މިލިއަން ރުފިޔާ) ހޭދަވާނެކަމަށް ސަރުކާރުން ވަނީ ލަފާކޮށްފަ އެވެ.
ހޯމްލޭންޑް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، އުތުރުތިލަފަޅުގައި 700 ކުދިން ބޭތިއްބޭ ގޮތަށް، ހޯޕް އައިލެންޑް ތަރައްގީކުރަނީ އެތަނަށް ގެންދާ ކުދިންނާއި މުވައްޒަފުން ތިބުމަށް ހާއްސަ ޔުނިޓްއަކާއި ތައުލީމް ފޯރުކޮށްދިނުމަށާއި އެކި ތަމްރީންތައް ކުރިއަށްގެންދާނެ ސަރަހައްދެއް ތަރައްގީކޮށްގެންނެވެ. މީގެއިތުރުން ކުޅިވަރު ކުޅެވޭނެ ސަރަހައްދަކާއި ސިއްޙީ ހިދުމަތް ފޯރުކޮށްދޭނެ ތަނެއްވެސް ތަރައްގީ ކުރުމަށް ސަރުކާރުން ވަނީ ރާވައިފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އުތުރުތިލަފަޅުގައި "ހޯޕް އައިލެންޑް" ތަރައްގީކުރާނެ ބަޔަކު ހޯދަން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ