މަޖީދީ މަގުގައި ޕާކުކުރާ އުޅަނދުތައް ޓޯކުރަން ފަށައިފި

މި މަސައްކަތުގެ ތެރެއިން ފުލުހުން ވަނީ 37 ސައިކަލާއި ހަތަރު ފުރޮޅުލީ ފަސް އުޅަނދު އިއްޔެ ޓޯކޮށްފަ އެވެ. މިގޮތަށް ޓޯކުރާ އުޅަނދުތައް ދެން ލިބޭނީ 48 ގަޑިއިރު ފަހުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ވެރިރަށް، މާލޭގެ މަޖީދީ މަގުގައި އާންމު ދަތުރުފަތުރާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާގޮތަށް، ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ފުލުހުން ރޭ ބުނެފި އެވެ.
ފުލުހުން ބުނީ އެގޮތަށް ޕާކް ކޮށްފައިވާ އުޅަނދު ދުއްވި ފަރާތްތަކާމެދު ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ. މި މަސައްކަތުގެ ތެރެއިން ފުލުހުން ވަނީ 37 ސައިކަލާއި ހަތަރު ފުރޮޅުލީ ފަސް އުޅަނދު އިއްޔެ ޓޯކޮށްފަ އެވެ. މިގޮތަށް ޓޯކުރާ އުޅަނދުތައް ދެން ލިބޭނީ 48 ގަޑިއިރު ފަހުން ކަމަށް ވެސް ފުލުހުން ބުންޏެވެ."އުޅަނދުތައް ޕާކްކުރުމަށްޓަކައި ކަނޑައެޅިފައިވާ ޕާކިން ޒޯންތަކުގައި ޕާކްކުރެއްވުމަށް ހާއްސަ ސަމާލުކަމެއް ދެއްވުން އެދެން. އަދި މާލޭގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މަގުތައް ތަރުތީބު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް އާންމު ރައްޔިތުން ދެއްވާ އެއްބާރުލުން މިފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަން،" ފުލުހުން ބުންޏެވެ.މަޖީދީ މަގުގެ އެއްފަޅީގައި މީގެ ކުރިން ސައިކަލު ޕާކުކުރުމުގެ ހުއްދަ އޮވެ އެވެ. ނަމަވެސް 2022 ވަނަ އަހަރު މަގު ހެދުމަށްފަހު ވަނީ އެއްވެސް ފަޅިއެއްގައި ޕާކުނުކުރެވޭ ގޮތަށް ހަދައިފަ އެވެ. ނަމަވެސް އާންމު ގޮތެއްގައި މަގުގެ ދެ ފަޅީގައި ވެސް ސައިކަލުތައް އޭގެ ފަހުން ޕާކު ކުރާ މައްސަލަ ވަނީ ބޮޑުވެފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ