މެޑިސިން ކިޔަވާ ދަރިވަރުންނަށް އިންޓަރންޝިޕް ހެދުމަށް ހުރި ދަތި ތަކަށް ބޮޑުހައްލެއް ލިބިއްޖެއެވެ.
މީގެ ކުރިން ދިވެހި ދަރިވަރުން ބަންގްލަދޭޝްއިން އެމް.ބީ.ބީ.އެސް އިންޓަރޝިޕް ފުރުޞަތު ލިބެނީ ހަމައެކަނި ޗިޓަގޮންގް މެޑިކަލް ކޮލެޖް ހޮސްޕިޓަލުން ނުވަތަ ޝޭރް-އޭ-ބަންގްލާ މެޑިކަލް ކޮލެޖް ހޮސްޕިޓަލުންނެވެ.
މިނިސްޓްރީ އޮފް ހެލްތާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ މަސައްކަތާ ގުޅިގެން، ބަންގްލަދޭޝްގައި އެމް.ބީ.ބީ.އެސް އިންޓަރންޝިޕް ފުރުޞަތުތައް ހޯދުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، އިތުރު ފަސް ކޮލެޖެއްގައި ދިވެހި ދަރިވަރުންނަށް އިންޓަރންޝިޕް ފުރިހަމަކުރުމުގެ ފުރުޞަތު މިހާރު ލިބޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.
ސިލެޓު އެމްއޭޖީ އޮސްމާނީ މެޑިކަލް ކޮލެޖު
- މައިމެންސިންހު މެޑިކަލް ކޮލެޖު
- ރަޖްޝާނީ މެޑިކަލް ކޮލެޖު
- ޝަހީދު ޒިއައުރު ރަހުމާން މެޑިކަލް ކޮލެޖު، ބޮގުރާ
- ކޮކްސަސް ބާޒާރު މެޑިކަލް ކޮލެޖު
މި ފަސް ކޮލެޖަކީވެސް ބަންގްލަދޭޝް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް އަދި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ޤަބޫލުކުރާ ކޮލެޖްތަކެވެ.
މިގޮތުން ބަންގްލަދޭޝް އިން އިންޓަރޝިޕް ޕްލޭސްމަންޓް ހޯދަން ބޭނުންވާ ދަރިވަރުން މި މިނިސްޓްރީގެ [email protected] އީމެއިލް ރިކުއެސްޓް ފޮނުވުމަށް ދަންނަވަމެވެ.
އިންޓަރޝިޕް ފުރުޞަތު ރާއްޖެއިންވެސް އިތުރަށް ފުޅާ ކުރުމުގެ މަސައްކަތް ކުރެވޭކަމާއި އަދި މިއަހަރު އިތުރު ސަރުކާރު ހޮސްޕިޓަލް ތަކުގައި އިންޓަޝިޕް ފެށުމަށް މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުންނެވެ.
ހަބަރު: ސަރުކާޜު
މެޑިސިން ކިޔަވާ ދަރިވަރުންނަށް އިންޓަރންޝިޕް ހެދުމަށް ހުރި ދަތި ތަކަށް ބޮޑުހައްލެއް ލިބިއްޖެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ