އައިފޯނު 17ގެ ލީކްކުރި ފޮޓޯތަކުން ފެންނަނީ އެންމެ ތުނި އައި.ފޯން 17 އެއާ އާއި ކުރިއަރާފައިވާ ކެމެރާ ބަމްޕް

އައިފޯނާބެހޭ މައުލޫމާތު ކުރިންވެސް ލީކްކުކޮށްފައިވާ ސޮނީ ޑިކްސަންގެ ފަރާތުން އިއްޔެ ރޭ ލީކްކުރި ފޮޓޯތަކެއްގައި އައި.ފޯން 17 ސީރީޒްގެ ޑަމީ މޮޑެލްތަކެއް ފެންނަން ހުއްޓެވެ. ޑިކްސަންއަކީ އާ އައި.ފޯނަށް ފޯންކޭސް އަދި އެކްސެސަރީ ތައްޔާރުކުރާ ފަރާތްތަކުން ބޭނުންކުރާ ނޮން-ފަންކްޝަނަލް ވާޝަންތައް ލީކްކޮށްފައިވާ ތާރީޚެއް އޮތް މީހެކެވެ.
މި ފޮޓޯތަކުން ފެންނަނީ ފާއިތުވި ހަފުތާތަކުގައި ފެނިފައިވާ ރެންޑާތަކާ ވަރަށް އެއްގޮތް މަންޒަރުތަކެކެވެ. ހިމެނެނީ އައި.ފޯން 17 ސްޓޭންޑަޑް ވައްތަރު ފިޔަވައި ހުރިހާ މޮޑެލަކަށް އެޕަލްއިން އިތުރުކުރާނެކަމަށް ބެލެވޭ ފޯން ކެމެރާ ބަމްޕެވެ.
ޑިކްސަންގެ ފޮޓޯތަކުގައި ހުރިހާ އަރިމަތިތަކުން ނެގި ޑަމީ ފޮޓޯތައް ހިމެނެ އެވެ. އަރިމަތިން ނެގި ފޮޓޯތަކުން އައި.ފޯން 17 އެއާ އާއި އެހެން މޮޑެލްތަކާ ހުންނާނެ ބޮޑު ތަފާތު ސާފުކޮށް ދައްކުވައިދެ އެވެ. އައިފޯން ސީރީޒްގެ އެހެނިހެން މޮޑެލްތައް، މާ ބޯކަމަށް ނުދެކުނު ނަމަވެސް، މި އަލަށް ނެރޭ ތުނި މޮޑެލާ އަޅާބަލާއިރު މާ ބޮޑު މޮޑެލްތަކެއްގެ ގޮތުގައި ފެނެއެވެ.
ޑަމީ ފޮޓޯތަކުން ދައްކުވައިދޭ ގޮތުގައި އައިފޯން 17 އެއާއަކީ 6.6 އިންޗީގެ ފޯނެއްކަމަށްވާއިރު، މިއީ މިއަހަރުގެ 6.3 އިންޗީގެ އައި.ފޯން 16 ޕްރޯ އާއި 6.9 އިންޗީގެ 16 ޕްރޯ މެކްސްގެ މެދުމިނުގެ ފޯނެކެވެ. ބްލޫމްބާގްގެ މާކް ގާމަން، އޭނާގެ 'ޕަވާ އޮން' ނިއުސްލެޓަރގައި ހާމަކޮށްފައިވާ ގޮތުން މިއީ 6.6 އިންޗީގެ ސްކްރީނެއް ހިމެނޭ ފޯނެކެވެ. ކުރިން މިއީ 6.9 އިންޗީގެ ފޯނެއްގެ ގޮތުގައި ތައްޔާރުކުރަން ވިސްނި ކަމަށާއި، ނަމަވެސް ބޮޑު ސްކްރީނެއް ހިމެނޭ ތުނި ފޯނެއް ލެނބުމުގެ ފުރުސަތު އޮތުމާއެކު، އެ ވިސްނުން ބަދަލުކުރިކަމަށް ބަޔާންކޮށްފައިވެ އެވެ. މީގެ އިތުރުން 16 ޕްރޯ ފޯނުތަކުގައި ހިމެނޭ ގޮތަށް ތުނި ބެޒެލްތަކާއި، ޑައިނަމިކް އައިލެންޑް ކަޓްއައުޓް، އަދި ކެމެރާ ކޮންޓްރޯލް ބަޓަން އައިފޯން 17 އެއާގައި ހިމެނޭނެކަމަށް އޭނާ ހާމަކޮށްފައިވެ އެވެ. ޑިކްސަންގެ ޑަމީ ފޮޓޯތަކުން މިކަން ދައްކުވައިދެ އެވެ.
އައިފޯން 17 އެއާގެ ބޯމިނަކީ 5.5 މިލިމީޓަރުކަމަށާއި، އައި.ފޯން 16 ފަދައިން އެންމެ ކެމެރާއެއް ހިމެނޭނެކަމަށް ބެލެވެ އެވެ. ގާމަން ބުނާގޮތުން މި ފޯނުގައި ހައި-އެންޑް ފީޗާތައް، މިސާލަކަށް 120ހާޓްޒްގެ ޕްރޯމޯޝަން ޑިސްޕްލޭ، އަދި ލޯ-އެންޑް ފީޗާތައް، މިސާލަކަށް އެޕަލް އޭ19 ޕްރޯ ޗިޕްގެ ބަދަލުގައި އޭޕަލް އޭ19 ޗިޕް، ހިމެނޭނެ އެވެ. މި ފޯނުގެ ބެޓެރީ ދެމިހުންނާނެ މިންވަރު އެހެން އައިފޯނުތަކާ އެއްވަރުކަމަށާއި، އަގަކީ ގާތްގަނޑަކަށް 900 ޑޮލަރު ކަމަށް ބެލެވެ އެވެ. މިއީ މިހާރު އައިފޯން 16 ޕްލަސްގެ އަގާ އެއްވަރު އަގެކެވެ.
ގާމަން ބުނާގޮތުން 17 އެއާއަށް މީހުން އެކަށީގެންވާ ސަމާލުކަމެއް ދީފިނަމަ، އެޕަލްއިން އިތުރު ކަންކަން މި މޮޑެލްއަށް ގެނެސްދޭނެ އެވެ. މީގެތެރޭގައި ޕޯޓެއް ނުހިމެނޭ އައިފޯނެއް އުފެއްދުން ހިމެނެ އެވެ. އޭނާ ބުނާގޮތުން ކުންފުނިން ތުނި ޑިޒައިން އެހެން މޮޑެލްތަކަށްވެސް ގެންނަން ފާނެ ކަމަށާއި، އަދި 17 އެއާ އުފެއްދުމަށް ބޭނުންކުރާ ޓެކްނޮލޮޖީއަކީ 2026 ވަނަ އަހަރާ ހަމައަށް ސެމްސަންގް ގެލެކްސީ ޒެޑް ފޯލްޑްއާ އެއްވައްތަރެއްގެ ލައްޕާލެވޭ ފޯނެއް އުފެއްދުމަށް އެޕަލްއިން ކުރާ ތައްޔާރީގެ ބައެއްކަމަށް ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ