ކަރަންޓު ބިލަށް އެންމެ ބޮޑަށް އަސަރު ކުރާ ކައްޗަކީ އޭސީ އެވެ. އޭސީއަކަށް ކޮންމެ 24 ގަޑިއިރު ތެރޭގައި ފުލްކޮށް ޖައްސައިފިނަމަ 80ރ، އަރަ އެވެ. އޭސީ ބޭނުން ކުރުމުގައި ކޮޓަރީގައި ގިނަ ވަގުތު ނޫޅޭނަމަ އޭސީ ނިއްވާލާފަ ބެހެއްޓުން މުހިންމެވެ.
މެޓް އޮފީހުގެ މައުލޫމާތު ތަކަށް ބަލާއިރު މިހާރު މާލެ ސަރަހައްދުގައި އިއްޔެ ހޫނުމިން ހުރީ 30 ޑިގްރީ ސެލްސިއެއްގަ އެވެ. މިއަދު ހޫނުމިން 32 ޑިގްރީއަށް އުފުލޭނެ ކަމަށް އަންދާޒާ ކުރެވެ އެވެ. މިއާއެކު މާލެ ސަރަހައްދުގައި ވައިގެ ފެތްކަމުގެ އެވްރެޖު ނިސްބަތް ވެސް ދަށްވެފައިވާ ކަމަށްވެސް ދައްކަ އެވެ. މިއީ ފިނިކުރަން ބޭނުންކުރާ ތަކެތީގެ މަސައްކަތް އިތުރު ވެގެންދާނެ ކަމެކެވެ. އެހެންވެ މިވަގުތު އެންމެ އިސްކަމެއް ދޭން ޖެހިފައިވަނީ އެއާކޮންޑިޝަން ފަދަ ފިނި ކުރަން ބޭނުންކުރާ ތަކެތީ ބޭނުން ކުރުމުގައި ކަރަންޓު އިގްތިސޯދު ކުރުމުގެ ވިސްނުމެއް ގެންގުޅުމެވެ.
މާލެ ސަރަހައްދުގައި ކަރަންޓު ބޭނުން ކުރާ ނިސްބަތް ނުވަތަ އިލެކްޓްރިކް ކޮންސަމްޝަން ހޫނު މޫސުން ފެށުމާއެކު މިވަނީ މަތިވާން ފަށާފަ އެވެ. ސްޓެލްކޯގެ ހިސާބުތައް ދައްކާ ގޮތުގައި ރޯދަމަހުގެ ދެވަނަ ދުވަހު މާލެ ސަރަހައްދުގައި ކަރަންޓް ބޭނުންކުރި ނިސްބަތް 80 މެގަވޮޓްގައި ހުރިނަމަވެސް މިހާރު މި އަދަދު މިވަނީ 92 މެގަވޮޓް އަށް އުފުލިގެން ގޮސްފަ އެވެ. މާލެ ސަރަހައްދުގައި ކަރަންޓުގެ މިވަގުތުގެ ކެޕޭސިޓީއަކީ 120 މެގަވޮޓް އެވެ. މިހާރު މާލެ ސަރަހައްދުގެ އާބާދީއަށް އައިސްފައިވާ ބަދަލާއެކު މި އަހަރުގެ ރޯދަ މަހު ކަރަންޓު ބޭނުންކުރާ ނިސްބަތް ބޮޑުތަނުން މަތިވާނެ ކަމަށް ސަރުކާރު ކަރަންޓު ކުންފުނި ސްޓެލްކޯގެ އިންޖިނޭރުން ލަފާ ކުރެވެ އެވެ. މިދިޔަ ދެ އަހަރު ދުވަހަށް ބަލާއިރު ވެސް ކަރަންޓުގެ ލޯޑް މަތިވަމުން ގޮސްފައިވާކަމަށް ތަފާސް ހިސާބުތަކުން އެނގެ އެވެ..
މިހާރު މާލެ ސަރަހައްދުގައި ކަރަންޓް ލޯޑް މަތިވަމުންދާ ނިސްބަތުން ބަލާއިރު ކަރަންޓު ކެނޑުންފަދަ މަޖުބޫރީ ހާލަތެއްގައި ސްޓެލްކޯއަށް އަޅަންޖެހޭ ފިޔަވަޅަކުން ސަލާމަތް ވާން އެ ކުންފުނިން ވަނީ ތައްޔާރުވެފަ އެވެ. މިދިޔަ ފަސް އަހަރު މާލެ ސަރަހައްދުގައި 12 މެގަވޮޓްގެ ޖަނަރޭޓަރު ސެޓްތަކެއް ހުޅުމާލޭގައި ކޮމިޝަން ކުރަން މަސައްކަތް ކުރަމުންނެވެ.
ހޫނު ގަދަވުމާއި ކަރަންޓް ބިލަށް އަންނަ ބަދަލާ ބޮޑު ގުޅުމެއްވެ އެވެ. އެހެންނޫންނަމަ އަހަރުގެ އެންމެ ހަަތަރު މަހެއްގައި ބިލްތައް ބޮޑު ވެގެން އާއްމުން ޝަކުވާ ކުރާކަށް ނުޖެހޭ ސަބަބެއް ނެތެވެ. ހާއްސަކޮށް ކޮންމެ އަހަރެއްގެ ރޯދަ މަހުވެސް ކަރަންޓް ބިލް ބޮޑު ވެގެން ޝަކުވާ ކުރެ އެވެ. އެހެންވެ މި ރޯދަ މަހު ކަރަންޓް ބޭނުން ކުރުމުގައި ސަމާލުވާން ޖެހެ އެވެ. ކަރަންޓު އިގްތިސޯދުކޮށް ބޭނުން ކުރުމުގައި އާއްމު މީހާއަށް ކުރެވޭނެ ގިނަ ކަންތައް ތަކެއް އެބަހުއްޓެވެ. ހާއްސަކޮށް އޭސީ ބޭނުން ކުރުމުގައި ސަމާލުކަން ދޭން ޖެހެ އެވެ.އެވްރެޖުކޮށް އޭސީއެއް 24 ގަޑިއިރު ފުލްކޮށް ހިންގައިފިނަމަ 2.2 ޔުނިޓް ނަަގަ އެވެ. މިއީ ފައިސާގެ ގޮތުން ބަލާނަމަ 80ރ. ވަރެވެ. އޭސީ ބޭނުން ކުރުމުގައި ކޮޓަރީން ބޭރުގައި އެއް ގަޑިއިރަށްވުރެ ގިނައިރު އުޅޭނަމަ ނިއްވާލުމާއި އޭސީ ސާވިސް ކުރުން ފަދަ ކަންކަން ކުރެވިދާނެ އެވެ. އަދި އޭސީގެ 24 އަށްވުރެ ދަށް ކުރުމަކީ ވެސް ބިލަށް ބޮޑު ބަދަލެއް އަންނާނެ ކަމެކެވެ.ބައެއް ގޭގޭގައި ބަހައްޓާފައި ހުންނަ އޭސީގެ ފިލްޓަރު ސާފުނުކޮށް ގިނަ ދުވަސްތަކެއްވަންދެން ހުރެ އެވެ. މިއީ އޭސީން ފިނި ކުރަން ކުރަން ޖެހޭ މަސައްކަތް އިތުރުވާނެ ކަމެވެ. މީގެ ކޮންމެ ކަމަކީ ކަރަންޓު ބިލަށް ބަދަލު އަންނާނެ ކަމެކެވެ. އޭސީ ބޭނުން ކުރުމުގައި ފިނި ލީކްވުން ފަދަ ކަންކަން ނުވާނެހެން ކޮޓަރި ރަނގަޅަށް ސިލްކޮށްފައި ބެހެއްޓުމާއި މަދުވެގެން އަހަރު އެއްފަހަރު އޭސީ ފުލް ސާވިސްއެއް ކުރުމަކީ މުހިންމު ކަމެކެވެ. މީގެ އިތުރުން މިހާރު ލައިފް ސްޓައިލަަށް އައިސްފައިވާ ބަދަލާއެކު އޭސީ ކޮށްފައި ހުންނަ ތަންތަނުގައި ގޭގެ ތެރޭގައި ގަސް ވެސް އިންދަ އެވެ. މިއީ ވެސް އޭސީން ކުރަން ޖެހޭ މަސައްކަތް ދެގުނަ ބޮޑުވާނެ ކަމެކެވެ. އޭސީ ކޮށްފަ ހުންނަ ތަނެއްގެ ތެރޭގައި ފެން ހުރެއްޖެނަމަ މި ފެނުގެ ސަބަބުން އޭސީން ކުރަން ޖެހޭ މަސައްކަތް ބޮޑުވެ އެވެ. މީގެ އިތުރުން ހޫނުކޮށް ހުންނަ އެއްޗިހީގެ ފިނި ނުކެނޑެނީސް ފްރިޖަށްލުމާއި ފެން ކުރާ އިރުއިރުކޮޅާ ޖައްސަން ނުޖެހޭނެ ގޮތަކަށް އިންތިޒާމު ކުރުން ހިމެނެ އެވެ. މީގެ އިތުރުން އަވަސް އަވަހަށް އިސްތިރި ކުރުމުގެ ބަދަލުގައި ހަފުތާއަކު އެއް ދުވަހު އިސްތިރި ކުރުން ފަދަ ކަންކަން އިންތިޒާމުކޮށްލައިގެން ކުރިއަށް ގެންދިއުމަކީވެސް ކަރަންޓް ބިލަށް އަންނަ ބަދަލު ކުޑަކުރަން އެޅިދާނެ ފިޔަވަޅެކެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ހޫނު ގަދަވަނީ | ބިލް ކުޑަވާނީ ކަރަންޓު އިގްތިސޯދުކޮށްގެން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ