ޝަހީމް އަދާލަތާއި ގުޅިވަޑައިގަތުން، ރައީސް ވިދާޅުވީ ގޮތް ނިންމާނީ މަޝްވަރާގެ ފަހުން ކަމަށް

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު އަދާލަތު ޕާޓީއާ ގުޅިވަޑައިގަތުމާއި ގުޅިގެން އެކަމުގައި ސަރުކާރުން ވަކި ގޮތެއް ނިންމާނީ މަޝްވަރާ ކުރުމަށް ފަހު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޝަހީމް, އަދާލަތު ޕާޓީއާ ގުޅިވަޑައިގަތީ އެކަން ރަސްމީކޮށް އިއުލާނު ކުރެއްވުމަށް ފަހު އެވެ. އަދާލަތު ޕާޓީއަކީ ސަރުކާރު ކޯލިޝަންގައި އޮތް ޕާޓީއެއް ނޫނެވެ. އަދި އެ ޕާޓީގެ މިހާރުގެ ރައީސް އިމްރާނަކީ ރައީސް މުއިއްޒާއި ވަރަށް އަދާވާތްތެރި ސަރުކާރަށް ވަރަށް ފާޑު ވިދާޅުވާ ބޭފުޅެކެވެ.
ޝަހީމް އަދާލަތާއި ގުޅިވަޑައިގަތުމާއި ގުޅޭގޮތުން ސުވާލުކުރުމުން މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި ރައީސް ވެސް ވިދާޅުވީ އަދާލަތު ޕާޓީ އަކީ އެމަނިކުފާނުގެ ސަރުކާރުގައި އެއްވެސް ބައިވެރިވުމެއް އޮތް ޕާޓީއެއް ނޫން ކަމަށެވެ.
Advertisement
އެފަދަ ޕާޓީއަކާއި ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ގުޅިވަޑައިގަތުމުން ދެން އަމަލު ކުރާނެ ގޮތަކާމެދު ޖެހޭނީ މަޝްވަރާ ކުރައްވަން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މިނިސްޓަރު ޝަހީމަކީ މި ސަރުކާރުގެ އެންމެ ހިންގުންތެރި އެއް މިނިސްޓަރެވެ. ރައީސް މުއިއްޒުގެ ސިޔާސަތުތަކުގެ ތެރެއިން ދީނީ ދާއިރާ އިން ވަރަށް މުހިންމު ކާމިޔާބީތަކެއް ވަނީ ހޯއްދަވާފަ އެވެ.
ޝަހީމް, އަދާލަތާއި ގުޅިވަޑައިގަތުމުން އެ ޕާޓީގެ ވަރަށް ގިނަ މެންބަރުންނާއި އިސްވެރީން ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ