ސްޓެލްކޯ މުވައްޒަފުން ނުވަ ދުވަހުން އިންޖީނުގެ ނިންމައި ހިދުމަތަށް

އެމްޑީ ފަހުމީ ވަނީ ރައްޔިތުންގެ ހައްގުގައި ސްޓެލްކޯގެ މުވައްޒަފުން ކުރި ބުރަ މަަސައްކަތް ފާހަގަކޮށް ޝުކުރު އަދާކޮށްފަ އެވެ.
ސްޓެލްކޯގެ މުވައްޒަފުންގެ މަސައްކަތުން މާލެ ސަރަހައްދުގެ ކަރަންޓުގެ ވިއުގައިގެ ލޯޑު ހިފައްޓަން ހެދި އިންޖީނުގެ ނުވަ ދުވަހުން ނިންމައި ހިދުމަތް ފަށައިފި އެވެ. 
މާލެ ސަރަހައްދުގައި މިދިޔަ ފަސް އަހަރު ހިންގަން ޖެހޭ "ސިސްކްތް ޕަވާ" މަޝްރޫއު ނުހިންގުމުގެ ސަބަބުން މާލެ ސަރަހައްދުގެ ލޯޑް ހިފަހައްޓަން ވަގުތީ ގޮތުން ސްޓެލްކޯއިން ގާއިމްކުރި ބެކަޕް އިންޖީނުގެ ހުޅުވީ ރޭ ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ އެވެ. އަދި ދިވެހި ދިދަ ނަންގަވައިދެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އައިޝަތު މުޒްނާ ވެސް ބައިވެރިވަޑައިގަތެވެ. މި ރަސްމިއްޔާތުގައި ބައެއް މަޖިލިސް މެންބަރުންވެސް ބައިވެރިވެ ވަޑައިގަތެވެ. 
"ހުޅުމާލެ އެނެކްސް 2" ގެ ނަން ދީފައިވާ އިންޖީނުގެ ހިދުމަތަށް ގެނެސް ދެއްވުމުގެ ގޮތުން މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ ދިވެހި ރައްޔިތުންނަށް ހިދުމަތް ދިނުމުގެ މަތިވެރި ރޫހާއެކު، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސްޓެލްކޯގެ މުވައްޒަފުން މި ނިންމާލީ ގައުމީ ބޮޑު މަސައްކަތެއް ކަމަށެވެ.މުވައްޒަފުން ކުރި މަސައްކަތް - މި ބިމަކީ 48،000 އަކަފޫޓޫގެ ބިމެކެވެ. ސްޓެލްކޯގެ މުވައްޒަފުން ފުރަތަމަ ކުރި ކަމަކީ މި ބިން ސާފު ކުރުމެވެ،. މި ތަން ސާފުކޮށް 200 އެއްހާ ޓަނުގެ ކުނި އެތަނުން ނަގައި، އެ ބިން އެއްވަރު ކުރުމާއި، ހުޅުމާލޭގެ އެނެކްސް 1 އިންޖީނުގެ (ބައު އިންޖީނުގެ) އިން ކާނު ތަކެއް އެ ބިމާހަމަޔަށް ގެނެސް އެ ކާނުތައް މެދުވެރިކޮށް ފިއުލް ލައިން އެޅުމާއި ހުޅުމާލޭ މައި އިންޖީނުގެ އާއި ހަމަޔަށް މި އިންޖީނުތަކުގެ ކޭބަލްތައް ގެންގޮސް ގްރިޑާއި ގުޅާލުމުގެ ބުރަ މަސައްކަތައް ހޭދަވީ އެންމެ ނުވަހެވެ.
ވަގުތީ އިންޖީނުގެއެއް ހެދީ ކީއްވެ ؟ - މ މަޝްރޫއު ވަގުތީ އިންޖީނުގެއެއް ހަދަން މަޖުބޫރިވީ ސިސްކްތް ޕަވާ މަޝްރޫއު މިދިޔަ ފަސް އަހަރު ނުހިންގުމުންނެވެ. ކަރަންޓު ލޯޑްވަތިވާ ވަރަކަށް ކޮންމެ ފަސް އަހަރަކުން ކެޕޭސިޓީ މަތި ކުރަން ޖެހެ އެވެ. އެހެން ނޫންނަމަ ކަރަންޓު ކަނޑަން ސްޓެލްކޯއަށް މަޖުބޫރުވެ އެވެ. އެންމެފަހުން މިފަދަ މަޝްރޫއެއް ހިންގީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި 50 ގެގަވޮޓުގެ އިންޖީނުއެއް ހަދާފައިވެ އެވެ. އޭގެފަހުން އާބާދީ އިތުރުވިނަމަވެސް ކެޕޭސިޓީ ބިލްޑް ނުކުރުމުގެ ނަތީޖާއަކީ ކުދިކުދި އިންޖީނު ތަކެއް ބަހައްޓައިގެން ކެޕޭސިޓީއާ އެއް ހަމަކުރަން މަޖުބޫރުވުމެވެ. މި އިންޖީނުގެ ހެދި އެއް ބޭނުމަކީމި އެވެ. 
އެމްޑީ ފަހުމީ ވިދާޅުވީ މި މަސައްކަތް ފެށި ހިސާބުން، އިންޖީނުތައް ގެނައުމާއި އެ ހުރިހާ މަސައްކަތެއް ކުރިއަށްދިޔަގޮތް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ގާތުން ބެއްލެވިކަމަށާއި މި މަސައްކަތުގައި ދިމާވެދާނެ ހުރަސްތައް ބައްލަވަމުން ގެންދެވި އެވެ. މިގޮތުން ބިން ހޯދުމުން ފެށިގެން ކުރިމަތިވި ހުރިހާ ދަތިތަކެއްގައި ރައީސް ދެއްވި އެހީތެރިކަމަށް އެމްޑީ ޝުކުރު އަދާކުރެއްވި އެވެ. 
އެމްޑީ ފަހުމީ ވިދާޅުވީ މި ރޯދަ މަހު ގަދަ އަތްވާއި ވާރެއަށް ބެލުމެއްނެތި ސްޓެލްކޯ މުވައްޒަފުން މަސައްކަތްކޮށްފައިވަނީ ރައްޔިތުންގެ ހައްގުގައި ކަމަށާއި އެކަމަށްޓަކައި މުވައްޒަފުންނަށް ހާއްސަ ޝުކުރު ދަންނަވާ ކަމަށެވެ. މީގެ އިތުރުން ސްޓެލްކޯ އިން އަތޮޅުތެރޭގައި ހިދުމަތްދޭ 33 ރަށުގައި ވެސް ރޯދަމަހާއި ޕީކް ސީޒަނަށް ތައްޔާރުވުމަށް ވަރަށް ގިނަ މަސައްކަތް ތަކެއް މުވައްޒަފުންކޮށްފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ."މި ރޯދަމަހު ސްކޫލްތައް ބަންދުވުމާއި ފަހު 10 ގައި އޮފީސްތައް ބަންދުވާތީ މި އަހަރުގެ ޕީކް ރޯދަމަހު ނުފެށުނު ކަމުގައިވީ ނަމަވެސް، މި ރޯދަމަސް ނިމިގެން ހޫނު މޫސުމާއެކު ޕީކް ސީޒަން ފެށޭނެ ކަމަށް ލަފާ ކުރެވޭ،" ފަހުމީ ވިދާޅުވި އެވެ. އެމްޑީ ފަހުމީ ވަނީ ސްޓެލްކޯ އަބަދު ވެސް އޮންނާނީ ދުރު މުސްތަގުބަލަށް ވިސްނައި ދުރާލާ ތައްޔާރު ވެގެންކަން ޔަގީންކަން ދެއްވާފަ އެވެ. އެގޮތުން މި ޕީކް ސީޒަންގައި ޖެނެރޭޝަން ކެޕޭސިޓީ ނެތިގެން ކަރަންޓު ނުކެނޑޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވި އެވެ"ސްޓެލްކޯ އިން ފޯރުކޮށް ދޭ މި ހިދުމަތަކީ ޓެކްނިކަލް ހިދުމަތެއް އިންޖީނަކަށް ދިމާވާ މައްސަލައެއްގެ ސަބަބުން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮވެދާނެ. އެކަމަކު އެފަދަ ހާލަތެއްގައި ވެސް ވީއެންމެ އަވަހަކަށް އަލުން ހިދުމަތްދޭން ސްޓެލްކޯގެ މުވައްޒަފުން ތިބޭނީ ތައްޔާރަށް އެކަމަށްޓަކައި އެ މުވައްޒަފުންނަށް ވެސް ޝުކުރު ދަންނަވާކަމަށް،" ފަހުމީ ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި މި މަސައްކަތުގައި އިސްކޮށް އުޅުއްވި ޖެނެރަލް މެނޭޖަރު އަހުމަދު ޝަރުނީޒް ވިދާޅުވީ ރޯދަ މަހު މި މަސައްކަތް ކުރިއަށްގެންދިއުމުގައި މުވައްޒަފުން ރެއާއި ދުވާލު ދައްކާފައިވަނީ އާދަޔާއި ހިލާފު ހިތްވަރެއް ކަމަށާއި ރޯދައަށް ތިބެ ދުވާލުގެ އެންމެ ހޫނުގަދަ ގަޑީގައި ވެސް ބޮލަށް ފެންކޮޅެއް އަޅާލައިގެން ކަމަށެވެ."މުވައްޒަފުން އެ ދެއްކީ ކުންފުނީގެ ކޯ-ވެލިއުސްތަކުގެ ތެރޭގައި ހިމެނޭ އެކްސެލެންސާއި ޓީމްވޯކްގެ ވަރުގަދަ ނަމޫނާއެއް ކަމަށް. މީގެ އިތުރުން މި މަސައްކަތުގެ ސަބަބުން ގްރޭޓާ މާލޭ ގްރިޑްގެ ފްލެކްސިބިލިޓީ އިތުރުވެގެންގޮސްފައިވާ ކަމަށާއި، ޖެނެރޭޝަން ކެޕޭސިޓީ ނެތިގެން ކަރަންޓު ނުކެނޑޭނެ ކަމުގެ ޔަގީންކަން،" ޝައުނީޒް ވިދާޅުވި އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ