ވީއައިއޭގައި ޓޯ-ބާލެސް ޓްރަކްއެއް ބޭނުންކުރަން ފަށަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ޓޯ-ބަލެސް ވެހިކަލްގެ ހިދުމަތް - އެއާޕޯޓްގެ އޭޕްރަން އިން ރަންވޭއަށް ފްލައިޓް ގެންދަން ބޭނުންކުރާ ވެހިކަލްގެ ހިދުމަތް ފެށުމަށް ތައްޔާރުވެއްޖެ އެވެ.ޓީ.ޕީ.އެކްސް- 200 އެމް.ޓީ.އެކްސް މޮޑެލްގެ މި ޓްރަކްއަކީ މިހާރު ވައިގެ ސިނާޢަތުގައި މަތިންދާ ބޯޓުތަކަށް ޚިދުމަތްދިނުމުގައި ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން މަތީ ފަންތީގައި ފާހަގަލޮށްލެވޭ އަދި އަވަސް ޚިދުމަތެއް ދެވޭނެ ގާބިލުކަން ލިބިފައިވާ ޓްރަކެކެވެ.މި ވެހިކަލް އޮޕަރޭޓްކުރާނެ 8 މުވައްޒަފުން ތަމްރީނުކޮށް ފައިނަލް ރިސްކް އެސެސްމަންޓަށް ތައްޔާރުވެފައިވާ ކަމަށްވެސް އެމްއޭސީއެލް އިން ބުނެފައިވެއެވެ.އެމްއޭސީއެލްއިން އަންނަނީ މަތިންދާ ބޯޓުތަކާއި ފަސިންޖަރުންނަށް ފޯރުކޯށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އާ ޓާމިނަލްގެ މަސައްކަތް ނިންމާ ހުޅުވުމަށް ވާންޖެހޭ ތައްޔާރީތައް ބާރުދުވެލީގައި ކުރަމުންދާކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ