ދައުލަތުގެ ބަޖެޓްގެ %5 ރާއްޖޭގެ 187 ރަށުގެ އިދާރީ ހިންގުމަށް ދިނުމަކީ ދައުލަތުންކުރާ ބޮޑު ހަރަދެއް ކަމަށް ދެކިވަޑައިގަންނަވަނީތޯ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގެ ކުރީގެ މުގައްރިރު އަލީ ނިޔާޒު ސުވާލު އުފައްދަވައިފިއެވެ.
ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރ އަލީ ނިޔާޒު ވިދާޅުވާ ގޮތުގައި ކައުންސިލަރުންނަށް މުސާރަ ދެނީވެސް އެ ފައިސާއިންނެވެ. މުއިއްޒު ސަރުކާރުން ރަށްރަށުގެ ކައުންސިލަރުން މަދުކޮށް ކޮންމެރަށެއްގެ ފެނަކައަށް 5 މުއައްޒިފުން ލުމުން ދައުލަތައް ހަރަދުކުޑަވޭތޯ އަލީ ނިޔާޒު ސުވާލު ކުރައްވައެވެ.
އަލީ ނިޔާޒް މިމޭރުމުން އެކްސްގައި ޕޯސްޓެއް ކުރައްވާ ސުވާލު އުފެއްދެވީ ސިޔާސީ މުއައްޒަފުން މަދުނުކޮށް ހަރަދުކުޑަ ކުރުމުގެ ނަމުގައި ކައުންސިލަރުން މަދުކުރުމަށް ގޮވާލާ ގަރާރެއް ޕީއެންސީގެ މަޖިލިސް މެންބަރ އިބްރާހީމް ޝުޖާއު ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހެޅުއްވުމުންނެވެ.
ކޮންމެ ރަށަކަށް، މަދުވެގެން ފަސް ކައުންސިލަރުން އިންތިހާބުކޮށް މުސާރައަށް ބޮޑު ހޭދައެއް ކުރުމަކީ ކަން އޮންނަންޖެހޭ ގޮތް ނޫންކަމަށް ޝުޖާއު ބުނާއިރު 187 ރަށް ހިންގުމަށް ކައުންސިލްތަކަށް ބަޖެޓުން ހަރަދު ކުރަނީ އެންމެ %5 ކަން ޝުޖާއަށް ރަނގަޅަށް އެނގޭނެއެވެ. ކައުންސިލަރުންނަށް މުސާރަދެނީވެސް އެ ފަސް ޕަސެންޓްގެ ތެރެއިންކަން އެނގިހުރެ ރައްޔިތުންނަށް އޮޅުވާލުމަށް ލާމަރުކަޒީ ނިޒާމުގައި ދެކޮޅުނުޖެހޭ އެތައް ކަމެއް ހިނގަމުންދާ ކަމަށް ބުނެ ގަރާރެއް ހުށަހެޅިއިރު ސިޔާސީ މަގާމުތަކަށް ތިންހާހެއްހާ މީހުން ލައިގެން ދައުލަތުގެ ބަޖެޓުން އަހަރަކު އެތައް ސަތޭކަ މިލިޔަން ރުފިޔާ ހޭދަކުރުމަކީ އެއްވެސް މައްސަލައަކަށް ޝުޖާއަކަށް ނުވެއެވެ.
ގަރާރު ހުށަހެޅުއްވި މެންބަރު ޝުޖާއު ބުނާގޮތުގައި މިހާރު އޮތީ ގައުމާ ނުބައްދަލު އެތައް ބިލިއަން ރުފިޔާއެއް ހޭދަވާ ލާމަރުކަޒީ ނިޒާމެއް ކަމަށެވެ. މިހާރު އޮތް ލާމަރުކަޒީ ނިޒާމުގެ ސަބަބުން ހިންގުމަށް އައި އިތުރު ބަދަލަކާއި ފަސޭހައެއް އަދި ރަށްތަކާއި އަތޮޅުތަކުގެ ތަރައްގީއަށް ގެނެވުނު، އިތުރު ބަދަލެއް ނުފެންނަކަމަށް ޝުޖާއު ބުނެއެވެ. "އެންމެ 50 މީހުންގެ އާބާދީއަށް ވެސް، މުނިސިޕަލް ހިދުމަތް ދިނުމަށް، އިންތިހާބުކޮށް ދައުލަތުން، މުސާރަ ދޭން ޖެހޭ," ކަމަށް ޝުޖާގެ ގަރާރުގައިވެއެވެ.
މުއިއްޒަށް ބޮޑު ހަރަދަކަށްވަނީ 187ރަށް ހިންގަންދޭ މުޅިބަޖެޓްގެ ފަސްޕަސެންޓް: ނިޔާޒް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ