މަރުތޭލުން ޖެހި ކަމަށް ތުހުމަތު ކުރެވޭ މީހާ އެއާޕޯޓުން ހައްޔަރުކޮށްފި
ނުރައްކާތެރި ކުށްތަކަށް އަރައިގަންނަކަމަށް ތުހުމަތުކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މިހާރު ހިންގަމުންދާ މާރާމާރީތަކުގެ ތުހުމަތުކުރެވޭ އަދި ނުރައްކާތެރި ކުށްތައް އަރައިގަތުމުގައި ބައިވެރިވާކަމަށް ތުހުމަތުކުރެވޭ މީހާ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މިއަދުއެވެ. މިމައްސަލައިގައި އެއާޕޯޓުން ހައްޔަރުކުރީ މާލޭގެ ގޭންގަކަށް ނިސްބަތްވާ އަދި ނުރައްކާތެރި ކުށްވެރިއެއް ކަމަށް ފުލުހުން ދެކޭ ފުވައްމުލައް، ދިގުވާޑު، ބަނަފްސާގެ، ހުސައިން އަރީޝް (31 އ) އެވެ.އަރީޝް ހައްޔަރުކުރީ ފިލައިގެން މެލޭޝިއާއަށް ރޭގެ ވަގުތެއްގައި ދިޔަ ފަހުން އެ ގައުމުގެ ފުލުހުންނާއި ދިވެހި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އޭނާ ރާއްޖެއަށް އަނބުރާ ފޮނުވާލުމުން މިއަދު ހެނދުނު ރާއްޖެ އައި ވަގުތު އެއާޕޯޓުންނެވެ.އަރީޝް އަކީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ގެންގުޅުމާއި މަސްތުވާތަކެއްޗާ ގުޅުންހުރި ގިނަ ރެކޯޑްތަކެއް އޮންނަ މީހެކެވެ.މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާއަކީ މި މަހުގެ 4 ވަނަ ދުވަހުގެ ރޭ، އައިޖީއެމްއެޗު ކައިރީގައި ހުރި މީހަކަށް ނުރައްކާތެރި ހަތިޔާރަކުން ހަމަލާދިނުމަށްފަހު ފިލާފައިވާ މީހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ