ލޯބިވާކަން އެންމެ ދުވަހަކު ދައްކާލައިގެން ނުފުދޭނެ! ކުރަން އޮތް އެންމެ ރަނގަޅު ކަމަކީ ހިތުގަ ނުޖައްސުވާ ޢުމުރަށް އެކުގަ އުޅޭނެކަމުގެ ޔަޤީންކަން ދިނުން!

މިހާރު އެންމެ ގިނަބައަކު ތައްޔާރުވަމުންދަނީ ލޯބިވެރިންގެ ދުވަސް ފާހަގަކުރަން ތައްޔާރުވުމެވެ. ބުނަން ހެއްޔެވެ؟ އެއީ އުފަން ދުވަސް ފާހަގަކޮށްލާހެން ފާހަގަކޮށްލައިގެން ނިންމައިލެވެން އޮތް ކަމެއް ނޫނެވެ. އެއަށްވުރެ މާ މުހިންމު ކަމެކެވެ. އިންސާނާގެ ދިރިއުޅުމުގެ ކާމިޔާބާއި ނާކާމިޔާބީ ގުޅިފައިވާ ކަމަކީ ދެމަފިރިން އެކަކު އަނެކަކު ދެކެ ވާލޯބީގެ މައްޗަށް ކަމަށްވާތީއެވެ. 
ދެމަފިރިން އެކަކު ދެކެ ވާންޖެހޭ ލޯބި ނުވާނަމަ އެކަން ގުޅޭނީ ހަމައެކަނި ލޯބީގެ ނާކާމިޔާބީއަކާއި އެއްވެސް ނޫނެވެ. މުޅި ހަޔާތާއި ކަމަށްވާތީއެވެ. 
މިހާރު ކުރިމަތިވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ އިތުބާރުގެ މައްސަލައެވެ. ލޯބިވުމުގެ ޙަޤީޤީ ޢުމުރަކަށްވާންޖެހޭނީ ދެމީހުން ދިރި ދުނިޔޭގައި ތިބިހާ ދުވަހެއް ނަމަވެސް މިއަދު އެކަން މިވަނީ ބަދަލުވެފައެވެ. ކޮންމެ ދެމަފިރިއަކަށްވެސް އޮތް އެންމެ ބޮޑު ބިރަކީ ބައިވެރިޔާ ތިބާދެކެ ލޯބިވުން ނިންމައިލާނެ ވަޤުތު ނުއެނގުން ކަމަށް މިއޮތީވެފައެވެ. ޙައްލަކުރަންވީ އެމައްސަލައެވެ. ފިލުވައިލަންވީ އެބިރުވެރިކަމެވެ. 
އެކަމަށް އޮތް ޙައްލަކީ އަނެކާގެ ހިތުގައި ޖެހޭނެ ފަދަ އެއްވެސް ކަމެއް ނުކުރުމެވެ. ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް ތެދުވެރިވުމެވެ. ބައިވެރިޔާގެ ހިތުގައި ޖެހޭނެ އެއްވެސް ކަމެއް ނުކުރުމެވެ. ޢުމުރަށް އެކުގައި އުޅޭނެ ކަމުގެ ޔަޤީންކަންދިނުމަކީ ހަމައެކަނި ދުލުން ބުނާ ބަހަކުން ކުރެވޭނެ ކަމެއް ނޫނެވެ! އެންމެ މުހިންމީ ޢަމަލުން އެކަން ދެއްކުމެވެ. 
މިކަންކަމަށް މިބުނި މަގުން ވިސްނައިފިނަމަ ފަށަމުން ބުނިފަދައިން ލޯބިވެރިންގެ ދުވަސް ފާހަގަކުރުމަކީ އެންމެ ދުވަހަކުން ކުރެވޭނެ ކަމެއް ނޫންކަން އެނގޭނެއެވެ. ކޮންމެ ދުވަހަކުވެސް ކޮންމެވަޤުތަކުވެސް ކުރުންމަތީގައި ދެމިތިބެންޖެހޭނެ ކަމެއްކަންވެސް ވިސްނޭނެއެވެ. އިން ޝާ ﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ