ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުންނަށް ދޭ އެވޯޑްގައި އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގު ރޭ ވަޒަންކޮށްފި އެވެ.
ވީ ކިހިނެއް؟ - އެ ހަފްލާ ބޭއްވީ ރޭ ކްރޮސްރޯޑްސްގަ އެވެ.
ތަފްސީލް - އެ ހަފްލާގައި އެވޯޑް ހާސިލްކުރީ:
ހުޒާއަތު އަލީ، ޑިރެކްޓަ އޮފް ފައިނޭންޝަލް ޓްރާންސެކްޝަންސް ވަނީ އެމްޕްލޯއީ އޮފް ދަ އިޔާގެ ޝަރަފުވެރި ވޯޑު ހޯދާފައި
ހުސައިން ރަޝީދު، ހެޑް އޮފް ކަސްޓަމާ އެކްސްޕިރިއެންސް އާއި އަބްދުﷲ ސަބާހް، ހެޑް އޮފް ޕްރިމިއަމް ބޭންކިން ވަނީ ސީއީއޯ އެވޯޑް ފޯ އައުޓްސްޓޭންޑިން އެޗީވްމަންޓް އެވޯޑް ހޯދާފައި
ލީޑަޝިޕް އެކްސެލެންސް އެވޯޑް ހޯދާފައިވަނީ މުހައްމަދު ސާވީ ފަތުހުﷲ، އިންޗާޖް އޮފް ޑިޖިޓަލް އެންޑް ޓެކްނޮލޮޖީ ޑިވިޝަން
މީގެ އިތުރުން، ވޭތުވެދިޔަ އަހަރު އެންމެ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރި މުވައްޒަފުންނާއި ޓީމްތަކަށް ބެސްޓް ޑިވިޝަނަލް އެމްޕްލޯއީ، އިމާޖިން ޓެލެންޓް، ކަސްޓަމަ ސާވިސް އެކްސެލެންސް، އައުޓްސްޓޭންޑިން ޓީމް އެޗީވްމަންޓް، ޕްރޮޖެކްޓް އެކްސެލެންސް އަދި އިނޮވޭޝަން ކެޓަލިސްޓް ފަދަ ގިންތިތަކުން އެވޯޑުތައް ދިނެވެ.
މި އެވޯޑުތައް ހަވާލުކޮށްދެއްވީ ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް އަދި ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނެވެ.
ބުނީ ކީކޭ؟ - ޝަރީފް ރޭ ވަނީ ބީއެމްއެލްގެ ކާމިޔާބީތަކުގައި މުވައްޒަފުންގެ ދައުރު ވަރަށް ބޮޑުކަން ފާހަގަކުރައްވާފަ އެވެ.
"ބޭންކުގެ އެންމެ އަގު ބޮޑު ރައުސްމާލަކީ މުވައްޒަފުން. އަދި މުވައްޒަފުންގެ ހިތްވަރާއި އުފެއްދުންތެރިކަމާއި ސާބިތު އަޒުމަކީ އަޅުގަނޑުމެންގެ ކާމިޔާބީގެ ބިންގާ،" އޭނާ ވިދާޅުވި އެވެ.
"ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި، ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކާއި ފްލެކްސިބަލް މަސައްކަތުގެ އިންތިޒާމްތަކާއި މުވައްޒަފުންގެ އެކި ބޭނުންތަކާ އެއްގޮތްވާ ގޮތުގެ މަތިން ތަފާތު ޕްރޮގްރާމްތައް އަޅުގަނޑުމެން ވާނީ ތައާރަފްކޮށްފައި. މި ބަދަލުތަކުން ދައްކުވައިދެނީ ކޮންމެ މުވައްޒަފަކަށް ވެސް ކުރިއެރުން ލިބޭނެ މަސައްކަތުގެ މާހައުލެއް ގާއިމުކުރުމަށް އަޅުގަނޑުމެން ދޭ އަހައްމިއްޔަތުކަން."
ބީއެމްއެލްގެ އެންމެ ރަނގަޅު މުވައްޒަފުންނަށް އެވޯޑު ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ