ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު (ޗެކްމާކް) ވެސް އެމްޑީޕީން ވަކިވެވަޑައިގެންފިއެވެ.
މެންބަރު އަހުމަދު ރަޝީދު އެމްޑީޕީން ވަކިވެވެޑައިގެން، މިއަދުގެ ވަގުތެއްގައި ވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިީލަށް ސިޓީފުޅެއް ފޮނުއްވައިފައެވެ.
މެންބަރު އަހުމަދު ރަޝީދު އެމްޑީޕީން ވަކިވެވަޑައިގެން އިރު، އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ މިއަދު އެމްޑީޕީން ވަކިވެވަޑައިގެންފައެވެ.
ރައީސް ނަޝީދު، އެމްޑީޕީ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް މިއަދު ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ، ރާއްޖޭގައި މިވަގުތު ކަންކަން ހިނގަމުންދާގޮތަށް ބައްލަވައި "އަޅުގަނޑު ތިޔަ ޕާޓީގައި ހުރުން އެއީ އެންމެ ރަނގަޅު ގޮތްކަމަށް ނުދެކޭކަމުން، އަޅުގަނޑު ތިޔަޕާޓީން ވަކިވި ވާހަކަ ދެންނެވިން،" ކަމަށެވެ.
އަހުމަދު ރަޝީދު އެމްޑީޕީން ވަކިވެވަޑައިގެންފައިވާ އިރު، މި ފަހުން މަޖިލީހަށް ހުށަހެޅި ރައީސް ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމުގެ ޕެޓިޝަންގައި އޭނާ ސޮއިކުރައްވައިފައެއް ނުވެއެވެ.
އެ ދެބޭފުޅުންގެ އިތުރުން މިދިޔަ މަހު ވަނީ ނަޝީދަށް ތާއީދު ކުރައްވާ 12 މެމްބަރަކުވެސް އެޕާޓީން ވަކިވެވަޑައިގެންފައެވެ. އޭގެ ތެރޭގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުރުން، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އާއި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފްވެސް ހިމެނިވަޑައިގަންނަވައެވެ. އަދި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރެއްވުމުން، ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ މިދިޔަ މަހު އެމްޑީޕީން ވަކިކޮށްފައެވެ.
އެ މެންބަރުންނަކީ ރައީސް ނަޝީދު އިސްވެ ހުންނަވައިގެން އުފައްދަވަން މަސައްކަތް ކުރައްވާ ދަ ޑިމޮކްރެޓްސްއަށް ތާއީދުކުރައްވާ މެންބަރުންނެވެ.
އެމްޑީޕީން އަހުމަދު ރަޝީދާއި ރައީސް ނަޝީދު މިއަދު ވަކިވެވަޑައިގަތުމުން ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބަވާނީ އެމްޑީޕީގެ 54 މެންބަރުންނެވެ.
ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އެމްޑީޕީން ވަކިވެވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ