މި ސަރުކާރު ނިސްބަތްވަނީ ވަކި ޕާޓީއަކަށް ނޫން: މައުމޫން

މި ސަރުކާރަކީ ވަކި ޕާޓީއަކަށް ނިސްބަތްވާ ސަރުކާރެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫނު ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނުގެ ތާއިދާއެކު 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވަން ނިންމާފައިވާ ކެނޑިޑޭޓުންނާއެކު ރޭ ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ވަކި ޕާޓީއެއްގެ ބޭފުޅަކު ރައީސަކަށް ހުންނެވި ކަމަށްވީނަމަވެސް، މިހާރު މިއޮތް ސަރުކާރަކީ ވަކި ޕާޓީއެއްގެ ސަރުކާރެއް ނޫން ކަމަށާއި މިއީ ކޯލިޝަންގެ ސަރުކާރެއް ކަމަށެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ބާރުވެރި ތަނަކަށް ވެގެންދާނީ ރައްޔިތުންގެ ތާއިދާއި ހިތްވަރުދިނުން ލިބިގެން ކަމަށެވެ. 
"ރައްޔިތުންގެ ބާރު ފެންނާނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން، އަޅުގަނޑުމެން މަސައްކަތް ކުރަނީ ކޮންމެހެން މަޖިލީހުގެ އަގުލަބިއްޔަތު ހޯދާކަށް ނޫން، އަޅުގަނޑުމެންނަކީ މިހާރު ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ބައިވެރިޔާ، އަޅުގަނޑުމެން ބޭނުން ވަނީ އަޅުގަނޑުމެންގެ ބައި ފުރިހަމަ ކުރަން"، އެމަނިކުފާނު ވިދާޅުވިއެވެ.
އަދި މަޖިލީހަށް މެމްބަރުން އައްޔަނު ކުރަނީ އެމީހުން މުއްސަނދި ކުރަން ނޫން ކަމަށާއި އެއީ ރައްޔިތުންނަށް ހިދުމަތް ކުރުމަށް ހޮވާ ބައެއް ކަމަށް ރައީސް މައުމޫނު ރޭ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ