ޕީޕީއެމްގެ މުޒާހަރާއިން އިއްޔެ ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އިހްތިޖާޖުގެ ތެރެއިން އިއްޔެ ހައްޔަރު ކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާ ދޫކޮށްލައިފިއެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ދެކޮޅުހަދައި ގަދަ ދެއްކުމުގެ ސަބަބުން އޭނާގެ ފަޔަށް ކޮންމެވެސް ވަރަކަށް އަނިޔާވެފައިވާ ކަމަށެވެ. އެހެންކަމުން ލިބުނު އަނިޔާއަށް، އޭނާ އައިޖީއެމް ހޮސްޕިޓަލްއަށް ގެންގޮސް ފަރުވާދީފައިވާކަމަށެވެ. އަދި އޭނާގެ ބަންްދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން މިހާރު ދޫކޮށްލައިފަވާ ކަމަށެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މުޒާހަރާއިން އެމީހާ އިއްޔެ ހަވީރު ހައްޔަރުކުރީ ފުލުހުންނާ ދިމާއަށް އެއްޗެއް އެއްލުމުން ކަމަަށް ފުލުހުން ވަނީ މައުލޫމާތުދީފައެވެ. އަދި އޭނާ ހައްޔަރު ކުރި ވަގުތު އޭނާއާއެކު ކުޑަ ކުއްޖަކު ހުއްޓާ ނުދެކޭ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި، އިހްތިޖާޖު ހިނގަމުން ދިޔަ ސަރަހައްދުގައި ތިބި އެސްއޯ ފުލުހުންގެ ތެރެއިން ދެ ފުލުހަކު އެ މީހާގެ ދެ އަތުގައި ބާރަށް ހިފަހެއްޓުމަށްފަހު އެސްއޯ ފުލުހުން އޭނާ ވަށާލައި، ގެންގޮސް ފުލުހުންގެ ވެހިކަލަށް އަރުވާ މަންޒަރު ފެނިގެންދެއެވެ.
މުޒާހަރާތަކުން މީހުން ހައްޔަރު ކުރާގޮތުން އަބަދުވެސް ފުލުހުންނަށް ދަނީ ގިނަ ބައެއްގެ ފާޑުކިޔުންތަ އަމާޒުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ