ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ފާދިއްޕޮޅު ނައިފަރާއި ހިންނަވަރުގެ ދެމެދުގައިވާ ފަޅުތައް ބްރިޖަކުން ގުޅާލައި، އެ ދެރަށުގެ ބިން ހިއްކައި، އެ ސަރަހައްދު ބޮޑު ސިޓީއަކަށް ހަދައި ދެއްވާނެކަަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖޭޕީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިހެން ވިދާޅުވީ ކެމްޕެއިން ދަތުރުފުޅުގައި ނައިފަރަށް ވަޑައިގެން އެރަށުގައި ތިބި އެ ޕާޓީގެ ސަޕޯޓަރުުންނާއި އެރަށުގެ ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުންނެވެ.
ގާސިމް އެރަަށަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ކިޔުމަށް ސަޕޯޓަރުންނާއި ރައްޔިތުން ވަނީ ބަނދަރު ސަރައްދަށް ޖަމާވެފައެވެ. އަދި ޖޭޕީގެ ޓީޝާޓާއި އެ ޕާޓީގެ ރަސްމީ ކުލަ ކަމަށްވާ، ރަތް ކުލަ ރަމްޒުކޮށްދޭ ހެދުން ލައިގެން ގިނަ އަދަދެއްގެ މީހުން ތިއްބެވެ.
ނައިފަރުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ނައިފަރަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ބޭސްފަރުވާ ކުރުމަށް ގިނަ އަދަދެއްގެ މީހުން އަންނަ ރަށެއް ކަމަށާއި ހަމައެގޮތަށް ނައިފަރަކީ ތައުލީމީ ގޮތުން ވެސް ރާއްޖެގެ ފުންނާބު އުސް އަދި މަތީ ފަންތީގައި ހަރަކާތްތެރިވާ ބަޔަކު ތިބި ރަށެއް ކަމަށެވެ.
އެހެންވެ، މި ކަހަލަ ރަށްރަށަށް އިސްކަންދީގެން މަސައްކަތް ކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށާއި އެމަނިކުފާނުގެ ވެރިކަމެއްގައި އެ ރަށުގެ ބަނދަރު ބޮޑުކޮށް، މޫދަށް އެރޭނެ އާޓިފިޝަލް ބީޗެއް ހަދައިދެއްވާނެ ކަަމަށް ވަނީ ވިދާޅުވެފައެވެ. އަދި ބިން ހިއްކާފައި ގިނަ އަދަދެއްގެ ފްލެޓް ނައިފަރާއި ހިންވަރުގައި ވެސް އަޅައިދެއްވާނެ ކަމަށާއި ނައިފަރުގައި ރަށުގައި ޓާޝިއަރީ ހޮސްޕިޓަލެއްގެ ހިދުމަތް ގާއިމްކޮށްދެއްވާނެ ކަމުގެ ޔަގން ކަން ވެސް ގާސިމް ވަނީ ދެއްވާފައެވެ.
މީގެ އިތުރުން ފެލިވަރު ރައްޔިތުން ހިތަށް ވެސް ނާރާހާ މިންވަރަށް ތަރައްގީކޮށް އެތަނުން ހުރިހާ ވަސީލަތްތަކެެއް ލިބޭނެ ގޮތް މެދުވެރިކޮށްދޭނެ ކަމަށާއި އެތަނުން ވަޒީފާ ދިނުމުގައި ވެސް ހަމަހަމަކަން އިސްކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި އޭނާ ވައުދުވެލެއްވި މަސައްކަތްތައް، ވެރިކަން ލިބުމުން ވަގުތުން ފަށައިގަންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ގާސިމް އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި މަސައްކަތެއް ފަށައިފިއްޔާ ރައްޔިތުންނަށް ބޮޑު އުނދަގުލަކަށްވާނެހެން އެކަންކަން ނުކުރައްވާނެ ކަމަށާއި ހަލުވި ސްޕީޑްގައި ގެންގޮސް މަޝްރޫއުތައް ނިންމާލާނެ ކަމަށެވެ.
ގާސިމް ކޮށްދެއްވުމަށް ވައުދުވެލެއްވި ކަންތައްތައް:
ޖޭޕީގެ ވެރިކަމެއްގައި ނައިފަރާއި ހިންނަވަރު ބްރިޖަކުން ގުޅާލައި ސިޓީއަކަށް ހަދާނަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ