އިޒްރޭލުން ފަލަސްތީނުގެ 4 މީހަކު މަރާލައިފި

ޖެނިންގައި މަރުވި މީހުންނާ ބެހޭ ގޮތުން، އިޒްރޭލު އަސްކަރިއްޔާއިން ޑްރޯން ހަމަލާއެއް ދީފައިވާ ކަމަށް ބުނުމުގެ އިތުރުން ތަފްސީލެއް ނުދެ އެވެ.
ގަދަ ބަދަވިކަން ދައްކައިގެން އިޒްރާލުން އަރައިގެނެ ފަލަސްތީނުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ރެއިޑެއް ހިންގައި ފަލަސްތީނުގެ ހަތަރު މީހަކު މަރާލައިފި އެވެ. 
އޭގެ ތެރެއިން ތިން މީހަކު މަރާލާފައި ވަނީ ވެސްޓްބޭންކްގަ އެވެ. އެ ރެއިޑްގެ ތެރެއިން އެހެން ހާދިސާއެއްގައި ހަތަރު ވަނަ މީހާ މާރާލާފައި ވަނީ ގާޒާގަ އެވެ. ހުޅަނގު އައްސޭރީގެ ޖެނިން ރެފިއުޖީ ކޭމްޕްގައި އިއްޔެ ރެއިޑެއް ހިނގިއިރު، ވިއްސަކަށް މީހުންނަށް ބޮޑެތި އަނިޔާތައް ވެސް ވެފައިވާ ކަމަށް ފަލަސްތީނުގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ވިދާޅުވެ އެވެ. އެކަމަކު އިއްޔެ މަރާލި މީހުންގެ ނަންތައް އަދި ހާމަކޮށްފައެއް ނުވެއެވެ. އާންމު ގޮތެއްގައި އިޒްރޭލުގެ ހަމަލާތަކުގައި މަރާލާ މީހުންގެ ނަންތަކާއި ފޮޓޯ ވަރަށް އަވަހަށް މީޑިއާއަށް ދެ އެވެ. ގާޒާގައި މީހަކު މަރާލާފައިވާކަން އިޒްރޭލުގެ އަސްކަރިއްޔާއިން ކަށަވަރުކޮށް ނުދިން ނަމަވެސް، ޣައްޒާ އާއި އިޒްރޭލު ވަކިކުރާ ފެންސް ކައިރީގައި "ހަމަޖެހުން ހިންގާ މީހުން" އެއްވެފައިވާ ކަމަށާއި، ހަމަނުޖެހުން ހިންގާ މީހުން ގިނަ އަދަދެއްގެ ގޮވާތަކެތި އެކްޓިވޭޓް ކުރި ކަމަށް ބުނެފައި ވެއެވެ. އަދި ޖެނިންގައި މަރުވި މީހުންނާ ބެހޭ ގޮތުން، އިޒްރޭލު އަސްކަރިއްޔާއިން ޑްރޯން ހަމަލާއެއް ދީފައިވާ ކަމަށް ބުނުމުގެ އިތުރުން ތަފްސީލެއް ނުދެ އެވެ. 
އަންގާރަ ދުވަހުގެ ހަމަނުޖެހުންތައް ހިނގީ ވަނީ ބޯޑަރު މުޒާހަރާތަކާއި ޑިފެންސް އޮފިޝަލުންގެ "ސެކިއުރިޓީ އެސެސްމަންޓެއް" ހަދަން ބެއިޓް ހަނޫން -- އިޒްރޭލުން ކިޔާ ގޮތުން ނަމަ، "އެރޭޒް" ހުރަސް ކުރާނެ ކަމަށް އިޒްރޭލުން މިދިއަ ހުކުރު ދުވަހުގެ ރޭ ދަންވަރިު އިއުލާން ކުރުމުންނެވެ.އެ ސަރަހައްދުން އިޒްރޭލަށް ނުކުންނަން ހިނގާބިނގާވެ އުޅޭ މަގު ކަމަށްވާ ބެއިޓް ހަނޫން ބަންދު ކުރުމުން އިޒްރޭ ވޯކް ޕާމިޓް ދޫކޮށްފައިވާ ގާޒާގެ ގާތްގަނޑަކަށް 18،000 ފަލަސްތީނު މީހުނަށް އެމީހުންގެ ވަޒީއަށް ދެވޭ ގޮތެއް ނުވެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ