ރައީސް މުއިއްޒުއަށް ދިމާވާ ކޮންމެ ކަމެއްގައި އެންމެ ގާތުގައި ހުންނާނީ އަހަރެން: އަބްދުއްރަހީމް އިދިކޮޅު ފަރާތްތަކުން މަޖިލިސް މެޖޯރިޓީ ބޭނުންވަނީ، ސަރުކާރު ބަދަލުކުރަން: ރައީސް ރާއްޖޭގައި އޮތް ރިޔާސީ ނިޒާމަށް އެމްޑީޕީ ފަރިތައެއް ނޫން – ނައިބްރައީސް ގައުމީ

ލިވަޕޫލް ކަޓުވާލުމަށް ފަހު އިޓަލީގެ އެޓަލާންޓާ ޔޫރޮޕާ ލީގުގެ ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.
އެޓަލާންޓާ ސެމީގެ ޖާގަ ހޯދީ ލިވަޕޫލްގެ މައްޗަށް 1-3 ގެ އެގްރިގޭޓް ނަތީޖާއިން ކުރި ހޯދައިގެންނެވެ.
ރޭ ކުޅުނު ޔޫރޮޕާ ލީގުގެ ކުއާޓާފައިނަލްގެ ދެވަނަ ލެގުން އެޓަލާންޓާ 0-1 އިން ލިވަޕޫލް އަތުން ބަލިވި ނަމަވެސް ލިވަޕޫލުގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން އެޓީމު ވަނީ 0-3 އިން މޮޅުވެފައިއެވެ.
އެޓަލާންޓާގެ ދަނޑުގައި ރޭ ކުޅުނު ކުއާޓާގެ ދެވަނަ ލެގުގެ މެޗުގެ ހަތްވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން މުހައްމަދު ސަލާހު ވަނީ ލިވަޕޫލަށް ލީޑު ނަގައިދީފަ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިވަޕޫލްގެ ލީޑު ފުޅާކޮށްދޭން ސަލާހަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ.
މެޗުގެ ދެވަނަ ހާފްގައި ލިވަޕޫލުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް އެޓީމަށް އެޓަލާންޓާގެ ވަރުގަދަ ޑިފެންސް ލައިން ފޫއަޅުވާ ލެވޭގޮތެއް ނުވިއެވެ. ފަހު ހާފުގައި އެޓަލާންޓާއިން ލަނޑު ޖެހުމަށްވުރެ ބޮޑަށް ކުޅުނީ ޑިފެންސްކޮށްގެންނެވެ. އެހެން ކަމުން ލިވަޕޫލަށް މިހާފުގައި ލަނޑުޖަހަން ރަނގަޅު ފުރުސަތެއް ތަނަވަސް ނުކުރެވުނެވެ.
ޔޫރޮޕާ ލީގުން ކެޓުމާއެކު މި ސީޒަނުގައި ލިވަޕޫލަށް ދެން ހޯދެން އޮތީ ޕްރިމިއާ ލީގު އެކަންޏެވެ. ލީގުގެ ތިންވަނައިގައި ލިވަޕޫލް މިވަގުތު އޮތްއިރު އެއްވަނައިގައި މެންޗެސްޓާ ސިޓީއާ ދެމެދު ދެ ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ