މިއަދު ހަވީރު ވެހިކަލް ދުއްވުން މަނާ ކުރި ނޯޓިސް ކެންސަލް ކޮށްފި

މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހަވީރު މާލޭގައި ހިނގާފައި އުޅުމަށް ނެރުނު ޓްރެފިކް ނޯޓިސް ކެންސަލްކޮށްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނެފައިވަނީ މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ޕެރޭޑް ވިއްސާރަވުމާއި ގުޅިގެން ކެންސަލް ވެފައިވާތީ މިއަދު ހަވީރު 6-4 އަށް މާލޭގައި ހިނގާފައި އުޅެން ނެރުނު ޓްރެފިކް ނޯޓިސް ކެންސަލް ކުރެވިފައި ކަމަށެވެ.
މޯލްޑިވްސް ނެޝަނަލް ކެޓޭޓް ކޮޕްސްއިން ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިނިވަންދުވަހުގެ މުނާސަބަތުގައި މާލޭގައި މިއަދު ބޭއްވުމަށް ތާވަލްކުރެވިފައިވާ ޝަރަފުގެ ހިނގާލުން، މޫސުން ތަންނުދިނުމުގެ ސަބަބުން ފަހުގެ ތާރީހަކަށް ފަސްކުރެވިފައިވާ ކަމަށެވެ. ނަމަވެސް ފަސްކުރެވުނު ވަކި ތާރީހެއް ހާމައެއް ނުކުރެއެވެ.
އެމްއެންސީސީގެ އިތުރުން ވެސް އެމްއެންޑީއެފުން ވެސް ވަނީ މޫސުން ގޯސްވުމުގެ ސަބަބުން މި ހިނގާލުން ފަސްކޮށްފައިވާކަން އިއުލާނު ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ