ޓްރާންސްޕޯޓް ނެޓްވޯކުން އުނގޫފާރާއި އެހެން ރަށްތައް ގުޅާލެވުމުން ޚިދުމަތް ހޯދާ ޢަދަދު އިތުރުވާނެ: ނައިބު ރައީސް ފީނަން ގޮސްއުޅުނު ދިވެހި ފިރިހެނަކު ނިޔާވެއްޖެ ރައީސް ކުރައްވާ މަސައްކަތުގެ ސަބަބުން އަތޮޅުތެރޭގެ ސިއްޙީ ހިދުމަތުގެ ފެންވަރު ރަނގަޅުވެއްޖެ: ރޮޒ

އުނގޫފާރުގެ ތަރައްޤީއަށް ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން ވީހާވެސް ގިނަ ކަންތައްތަކެއް މިއަހަރުގެ ތެރޭގައި ފެށުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އުނގޫފާރު ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ)އާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ހައުސިންގ މަޝްރޫއެއް ހިންގަން ބޭނުންވާކަމަށާއި ގޮނޑުދޮށް ހިމާޔަތްކުރުމަށް ބޭނުންވާކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ސްކޫލުގެ 8 ކްލާސްރޫމާއި މަލްޓިޕަރޕަސް ހޯލުގެ އިމާރާތުގެ މަސައްކަތް އަވަހަށް ނިންމުމާއި އަދި އިތުރަށް 16 ކްލާސްރޫމެއް ބޭނުންވާކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
މީގެ އިތުރުން އިޤްތިޞާދީ މަސައްކަތް ކުރުމަށް އުނގުލު ހަމަޖައްސައިދެއްވުމަށް އެދުމާއި އުނގޫފާރުގައި ވިޔަފާރި ބަނދަރެއް ތަރައްޤީކުރުމުގެ މުހިންމުކަމާއި އާރު.ޓީ.އެލް. ފެރީ ނިޒާމު ބޭނުންވާކަންވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ. ކައުންސިލުން ވަނީ ފުޓްބޯޅަ ދަނޑުގެ މަސައްކަތް އަވަހަށް ނިންމުމާއި އަދި ރަށުގެ އިޤުތިޞާދީ އިޖުތިމާޢީ ތަރައްޤީއަށް މުހިންމު ކަންކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި އ.ތ.މ ކޮމިޓީން ވަނީ ހޭންޑްބޯލް ކޯޓެއްގެ އިތުރުން ފަތާ ސަރަޙައްދެއް ތަރައްޤީކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ކައުންސިލުން ފާހަގަކުރެއްވި ކަންކަމާގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެކަންކަމަކީ ސަރުކާރުން ސަމާލުކަންދެއްވައިގެން ފުރިހަމަކޮށްދެއްވާނެ ކަންތައްތައްކަން ފާހަގަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ