މޫސުން ގޯސްވުމާއި ގުޅިގެން ދިރާސީ އައު އަހަރުގެ ފުރަތަމަ ތިން ދުވަހު ސެޝަން ކުރުކުރަން މިނިސްޓްރީން ނިންމައިފި

މޫސުމީ ހާލަތަށް ރިޢާޔަތްކޮށް ދަރިވަރުންނަށް ފިލާވަޅުތައް ގެއްލޭ މިންވަރު ކުޑަކުރުމަށް ދިރާސީ އައު އަހަރުގެ ފުރަތަމަ ތިން ދުވަހު ސުކޫލް ސެޝަންތައް ކުރު ކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
މިދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ބޯ ވިއްސާރައިގެ ސަބަބުން ކަނޑު ދަތުރުފަތުރު ކުރުމަށް ދަތި ތަކާއި ކުރިމަތިލާން ޖެހުމުގެ ސަބަބުން ގިނަ ދަރިވަރުންނާއި ޓީޗަރުން އެކި ރަށް ރަށުގައި އަދި މާލޭގައިވެސް ވަނީ ތާށުވެފައެވެ. 
އޭގެ ސަބަބުން ދިރާސީ އައު އަހަރު އަންނަ އާދިއްތަ ދުވަހު ފެށޭއިރުވެސް އެ ދަރިވަރުންނާއި ޓީޗަރުންނަށް ސުކޫލަށް ހާޒިރުނުވެވޭ ގޮތް ވަނީ ވެފައެވެ.
Advertisement
އެކަމާއި ގުޅިގެން އެޑިޔުކޭޝަން މިނިސްޓަރީން ނެރުނު ސާކިޔުލާރ އެއްގައި ބުނީ، މި މަހު 26، (އަންނަ އާދިއްތަ ދުވަހު) ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހުފައިވީ ނަމަވެސް މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ގަދަވަޔާއެކު ބޯކޮށއ ވާރޭވެހި، ކަނޑުތައް ގަދަވުމުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ބުރޫ އަރާފައިވާ ދުވަސް ވަރަކަށް ވުމުން، ކުރިމަތުވެފައިވާ މޫސުމީ ހާލަތަށް ރިޢާޔަތްކޮށް، ދަރިވަރުންނަށް ފޮލާވަޅު ގެއްލޭ މިންވަރު ކުޑަކުރުމަށް އިންތިޒާމްތައް ހަމަޖެއްސުމަށް، މެއި 26، 27 އަދު 27 ވަނަ ދުވަހު ސުކޫލްތަކުގައު ކިޔަވައިދިނުމުގެ ދަންފަޅިތައް ކުރުކޮށް ގެންދިޔުމަށް މިނިސްޓްރީން ނިންމާފައުވާ ކަމަށެވެ.
އެހެން ކަމުން އެ ތިން ދުވަހު، ކޮންމެ ދަންފަޅުއެއްވެސް 2 ގަޑިއިރާއި 3 ގަޑިއިރާ ދެމެދަށް ފައްތަައިގެން ކުރިއަށް ގެންދިޔުަމަށް މިނިސްޓަރީން ވަނީ އެދިފައެވެ. 
މީގެ އިތުރުން، އެ ތިން ދުވަހުގައި ދަރުވަރުންގެ މެދުގައި އެކަކު އަނެކަކަށް އިހްތިރާމް ކުރުމުގެ އާދަ އަށަގެންނެވުމާއި، ދަރުވަރުންގެ ދުޅަހެޔޮކަމާއި، ރައއކާތެރިކަމަށް އިސްކަންދިނުމަށާއި، ހަނގާކުރުމާއި ދެކޮޅަށް އަމާޒުކުރެވިގެން ހިންގާ ޕްރޮގްރާމްތަކެއް ސްކޫލް ފެންވަރުގައި ރާވައި ހިންގުމަށްވެސް އެޑިޔުކޭޝަން އިން ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ