ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ރައްޔިތުން މަޖިލީހުގެ މެމްބަރުކަމުގެ ހުވާކުރައްވައިފި އެވެ.
ސޯބެ މަގާމުގެ ހުވާކުރެއްވީ މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށުމުގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ހިތަދޫ އުތުރު ދާއިރާގެ މެމްބަރަކަށް ކުރިން ހުންނެވި ޕީއެންސީގެ މެންބަރު އަހުމަދު ސިނާންގެ މެމްބަރުކަމުގެ މަގާމު ސާބިތު ދަރަންޏަކާ ހެދި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުން މިމަހުގެ ހަ ވަނަ ދުވަހު ބޭއްވި ބައި އިލެކްޝަން ސޯބެއާ ވާދަކުރެއްވީ ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން އަހުމަދު ސައީދު (ސޮޑާ) އެވެ.
ވާދަވެރި ކެމްޕެއިނަކަށް ފަހު އޮތް އެ އިންތިހާބު ސޯބެ ކާމިޔާބުކުރެއްވީ 62 ވޯޓުގެ ތަފާތަކުންނެވެ.
ސޯބެ އަށް އެ އިންތިހާބުގައި 1،375 ވޯޓު ލިބިވަޑައިގެންނެވިއިރު ޕީއެންސީގެ ކެންޑިޑޭޓް ސޮޑާއަށް 1،313 ވޯޓު ލިބުނެވެ.
ސޯބެ ވަނީ އައްޑޫގެ މޭޔަރުކަން 10 އަހަރު ފުރުއްވައިފަ އެވެ. އެއީ، 2011 ވަނަ އަހަރު ފެށިގެން 2021 ވަނަ އަހަރާ ހަމައަށެވެ. އޭގެ ފަހުން ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި އެވެ.
ސޯބެ، ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާ ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ