މަކަރާއި ހީލަތުން ފިހާރައަކުން 200,000 ރުފިޔާގެ އަގުހުރި މުދާ އަތުލި މީހަކު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުންކޮށްފިއެވެ.
މަކަރާއި ހީލަތް ހެދިކަމުގެ ކުށުގައި ދައުވާ އުފުލީ މ.ޅަކުރި, މުޙައްމަދު ޣާނިމާ އި ޏ.ފުވައްމުލައް ހޯދަޑު އިނަފް މުޙައްމަދު ނާޒިމް ނަސީމްގެ މައްޗަށެވެ.
މި މައްސަލައިގައި ދައުވާކޮށްފައިވަނީ މުޙައްމަދު ޣާނިމާއި, މުޙައްމަދު ނާޒިމް ހެޕީމާކެޓް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހިންގާ ”މައި ޝޮޕް” ފިހާރައިން 26 ޖަނަވަރީ 2014 ވަނަ ދުވަހު ”އޯލްޑަންބާގަރ” ބްރޭންޑްގެ ދެ ބާވަތެއްގެ 170 ކިރުދަޅު ކޭސް އަދި 27 ޖަނަވަރީ 2014 ވަނަ ދުވަހު 100 ”ކެފޭމިއޯ” ކޭސް ގަތުމަށްފަހު, މި ތަކެއްޗަށް ފައިސާ ދެއްކުމުގެ ގޮތުން ނާޒިމްގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ އެކައުންޓަކުން 20,140 ރުފިޔާ ނެގޭ ގޮތަށް ޗެކެއް ޖަމާކޮށްފައިވާކަމަށެވެ.
މީގެ އިތުރުން އައިއެންއޭ މޯލްޑިވްސްގެ ނަމުގައި އެ ބޭންކުގައި ހުޅުވާފައިވާ އެކައުންޓަކުން 11572.72 ޔޫއެސް ޑޮލަރު ނެގޭ ގޮތަށް ޗެކެއް ޣާނިމް ލިޔުމަށްފަހު, މި ޗެކުގައި ނާޒިމުގެ ނަމުގައި ހުޅުވާފައިވާ މާނު އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ ތައްގަނޑު ޖަހައި, މި ޗެކްތައް ”މައި ޝޮޕް” ފިހާރައަށް ހުށަހަޅައި, އެ ފިހާރައިން 211,091 ރުފިޔާގެ އަގުހުރި މުދާ މަކަރާއި ހީލަތުން އަތުލާފައިވުމުންނެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނެފައިވަނީ ނާޒިމްގެ މައްޗަށް ކޮށްފައިވާ މަކަރާއި ހީލަތް ހެދުމުގެ ދައުވާ ސާބިތުވާކަމަށް ކަނޑައެޅުމަށް އެކަށީގެންވާ މިންވަރަށް ހެކި ލިބިފައިނުވާތީ އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.
އެހެންނަމަވެސް މި މައްސަލައިގައި ޣާނިމްގެ މައްޗަށް ދައުވާ ސާބިތުވާ ވަރަށް ހެކި ހުރުމާއެކު އޭނާގެ މައްޗަށް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެހެންނަމަވެސް އޭނާގެ އަދަބު ކުޑަކޮށް 4 މަހާއި 24 ދުވަހުގެ ޖަލަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ލަމްހާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި މިނިސްޓަރު އިހްސާން، ގުދަންތަކާ ދޫނިދޫއަށް ވަޑައިގެން ހާލަތު ބައްލަވައިފި ގާޒާއަށް އެހީވުމަށް ފޭދޫގައި ބޮޑު އިވެންޓެއް ބާއްވަނީ! ސްޓޯލް ބުކްކުރުމުގެ ފުރުސަތު ހުޅުވާލައިފި އަންކާރާނައިޓް އަންނަ ހޮ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ