އިންތިހާބީ ރައީސް ހުވާ ކުރެއްވި 17 އިގެ ހަވީރު

ފިރުޒުލް ވިދާޅުވި ގޮތުގައި އެ ދުވަހު މޫސުން ގޯސްވުން ފަދަ ކަމެއް ދިމާ ނުވާނަމަ މިހާރު އޮތް ތަރުތީބުގައި ހުވާ ކުރެއްވުގެ ދަރުބާރު / ޖަލްސާ އޮންނާނެ އެވެ.
އިންތިހާބީ ރައީސް, ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވަނީ ދަރުބާރު / ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އޮންނާނީ ނޮވެންބަރު މަހުގެ 17 އިގެ ހަވީރު ޖުމްހޫރީ މައިދާނުގައި ކަމަށް އިންތިހާބީ ރައީސްގެ އޮފީހުގެ އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެ އެވެ.  
ފިރުޒުލް ކޮންމެ ދުވަހަކު ބާއްވާ ޕްރެސް ބްރީފިންގައި މިއަދު ވިދާޅުވީ ހުވާ ކުރެއްވުމުގެ ދަރުބާރަކީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކަމަށްވުމުން އެ ރަސްމިއްޔާތު އޮންނަ ޖަލްސާގެ ކަންކަން ބަލަހައްޓަވަނީ މަޖިލީހުގެ އިދާރާއިން ކަމަށެވެ. ނަމަވެސް އިންތިހާބީ ރައީސްގެ އެދި ވަޑައިގެންފައިވާ ގޮތަށް މިހާރު މަސައްކަތް ކުރަމުން ގެންދަނީ ނޮވެންބަރު 17 ވަނަ ދުވަހު ހަވީރު ޖުމްހޫރީ މައިދާނުގައި ދަރުބާރު ބާއްވައި ހުވާ ކުރެއްވުމަށް ކަމަށެވެ. "އިންތިހާބީ ރައީސްގެ އެދިވަޑައިގަތުމާ އެއްގޮތަށް ކަންތައް ތަރުތީބުވަމުން ދާނެ ކަމުގެ ޔަގީންކަން މަޖިލީހުން ދީފައިވޭ... އެ ދުވަސް ދިމާވަނީ ހުކުރު ދުވަހަކަށް އަދި އަޅުގަނޑުމެނަށް މިތިވެނީ ތަންކޮޅެއް ދުރުގައި މޫސުމަށް އަންނާނެ ބަދަލެއް އަދި ނޭނގޭ،" ފިރުޒުލް ވިދާޅުވި އެވެ.   އޭނާ އަދި ވިދާޅުވީ އެ ދުވަހު މޫސުން ގޯސްވުން ފަދަ ކަމެއް ދިމާނުވާނަމަ މިހާރު އޮތް ތަރުތީބުގައި ޖަލްސާ އޮންނާނެ ކަމަށެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ