ރައްޔިތުންގެ މަޖިލީހާ ދެކޮޅަށް، އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ސީދާ ޑިމޮކްރެޓްސް ތަދައްހުލްވާން ހުށަހެޅި ހުށަހެޅުން ބަލައިގަންނަން ސްޕްރީމް ކޯޓުން މިރޭ ނިންމައިފި އެވެ.
ވީ ކިހިނެއް؟ - މަޖިލީހާ ދެކޮޅަށް އެމްޑީޕީން ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ތަދައްހުލްވާން ޑިމޮކްރެޓްސްގެ ފަރާތުން މީގެ ކުރިން ހުށަހަޅާފައި އޮތީ އެ ޕާޓީގެ ބައެއް މެމްބަރުން އަމިއްލަ ގޮތުންނެވެ. އެ މެމްބަރުންނަށް އެ މައްސަލައަށް ތަދައްހުލްވާން ފުރުސަތު ދެވެން ނެތް ކަމަށް ސްޕްރީމް ކޯޓުން އަންގާފައިވާ އެންގުމުގައި ސަބަބަކަށް ބުނެފައި ވަނީ ދުސްތޫރީ މައްސަލައަކަށް ވާތީ ކަމަށެވެ.
ސީދާ ޑިމޮކްރެޓްސްއިން މައްސަލައަށް ތަނާޒުލްވާން މިއަދު ސްޕްރީމް ކޯޓަށް ހުށަހެޅީ، ކައުންސިލް ބައްދަލުވުމުގައި އެކަމަށްޓަކައި މިއަދު ނެގި ވޯޓުގައި ބައިވެރިވި މެމްބަރުންގެ އަގުލަބިއްޔަތުން ފާސްކުރުމުން ނެވެ.
އިތުރަށް ކިޔާލަން - މަޖިލިސް މައްސަލައަށް ޑިމޮކްރެޓްސް ތަދައްހުލްވާން ފާސްކޮށްފި
ބުނީ ކީކޭ؟ - އެ މައްސަލާގައި ތަދައްހުލްވާން ޑިމޮކްރެޓްސް އަށް ފުރުސަތުދޭން ސްޕްރީމް ކޯޓުން ނިންމާ، އެ ހުށަހެޅުން ބަލައިގަނެފައިވާކަމަށް އެ ޕާޓީން ދާދި ދެންމެއަކު ބުންޏެވެ.
ފާހަގަކޮށްލެވޭ ކަމެއް - ޕާޓީން އެ މައްސަލައަށް ތަދައްހުލްވާން ސްޕްރީމް ކޯޓަށް ހުށަހެޅުމަށް ފާސްކުރި ކައުންސިލް ބައްދަލުވުމުގައި ވަނީ، އެމައްސަލާގައި ޕާޓީގެ ފަރާތުން ވަކާލާތު ކުރައްވާނެ ފަރާތްތައް ކަނޑައެޅުމުގެ ބާރު ޕާޓީގެ ވަގުތީ ޗެއަޕާސަން ހަސަން ލަތީފަށް ދިނުމަށް ވެސް ނިންމާފަ އެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ، ނައިބު ރައީސް ސަލާމުގައި ހުންނެވުމުން ކުރިއަށް ގެންދެވޭނެ ގޮތެއް ނެތިގެން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެމްޑީޕީން އެދިފައި ވަނީ:
ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލައަކާ މެދު ގޮތެއް ނިންމުމަށް ބާއްވާ ޖަލްސާއަށް މަޖިލީހުގެ ނައިބު ރައީސް ހާޒިރުނުވާ ހާލަތުގައި މަޖިލީހުގެ ގަވާއިދުގެ 44 ވަަނަ މާއްދާގައިވާ ގޮތުގެ މަތިން އެ މައްސަލަ ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ކަނޑައަޅައިދިނުމަށް
އީވާ މިއަދު ވަނީ އެ މައްސަލާގައި ސްޕްރީމް ކޯޓުން ގޮތެއް ކަނޑަނާޅަނީސް އެ މައްސަލައިގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެވެރިވާކަން މަޖިލީހުގެ އިދާރާއަށް އަންގަވާފަ އެވެ. މި މައްސަލާގައި ސްޕްރީމް ކޯޓުގައި ބާއްވާ ފުރަތަމަ އަޑުއެހުން އޮތީ މާދަމާ ހެނދުނު 9:30ގައެވެ.
ސުޕްރީމް ކޯޓުގެ މައްސަލައަށް ތަދައްހުލްވާން ޑިމޮކްރެޓްސްއަށް ހުއްދަަ ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ