ޓްރާންސްފޯމަރެއްގައި ރޯވެ، ހިޔާ ޓަވަރުތަކަކުން ކަރަންޓު ކެނޑިއްޖެ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރުތައް ކައިރީގައި ހުރި ޓްރާންސްފޯމަރެއްގައި ރޯވެ ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑިއްޖެއެވެ.
ސްޓެލްކޯގެ މީޑިއާ އޮފިޝަލް "ވަން" އަށް މިރޭ ވިދާޅުވީ، ރޯވެފައިވަނީ އެޗް-3 ކައިރީގައި ހުރި ޓްރާންސްފޯމަރެއްގައި ކަމަށާއި އެއީ އާބަންކޯއިން ބަޔަކާ ހަވާލުކޮށްގެން ހަދާފައިވާ ޓްރާންސްފޯމަރެއް ކަމަށެވެ. އަދި އެއީ ސްޓެލްކޯގެ ޓްރާންސްފޯމަރެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި ޓްރާންސްފޯމަރުގައި ރޯވުމުގެ ސަބަބުން ކަރަންޓު ކެނޑިފައިވަނީ އެޗް-3 އިން އެޗް-8 އަށެވެ.
ސްޓެލްކޯއިން ބުނި ގޮތުގައި އެޗް-3 ފިޔަވައި އެހެން ހުރިހާ ޓަވަރުތަކަށް މިހާރު ކަރަންޓު ދެވިފައިވާ ކަމަށެވެ. އަދި އެޗް-3 އަށް ދެ ގަޑިއިރެއްހާއިރުގެ ތެރޭގައި ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ސްޓެލްކޯ އިން ވަނީ ކަރަންޓު ކެނޑުމުގެ ސަަބަބުން ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ