މަޖިލީހުގެ ގޮނޑިތައް ކަނޑައަޅާފައި ވަނީ ކޮންމެ 5000 މީހަކަށް މެމްބަރެއްގެ އުސޫލުންނެވެ. ދާއިރާ އަށް ނަން ކިޔަނީ އެ ދާއިރާއެއްގައި ހިމެނޭ އެންމެ އާބާދީ ބޮޑު ރަށުގެ ނަމުންނެވެ.
"ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024" ގެ ދާއިރާތައް ކަނޑަައެޅިއިރު މިހާރު ކ. ގުރައިދޫ ދާއިރާގެ ގޮތުގައި ހިމެނޭ ދާއިރާގެ ނަން މާފުށި ދާއިރާއަށް ބަދަލު ކުރަން ނިންމައިފި އެވެ.
މަޖިލީހުގެ ގޮނޑިތައް ކަނޑައަޅާފައި ވަނީ ކޮންމެ 5000 މީހަކަށް މެމްބަރެއްގެ އުސޫލުންނެވެ. ދާއިރާއަށް ނަން ކިޔަނީ އެ ދާއިރާއެއްގައި ހިމެނޭ އެންމެ އާބާދީ ބޮޑު ރަށުގެ ނަމުންނެވެ.މި ދައުރުގައި ކ. ގުރައިދޫ ދާއިރާގައި ހިމެނެނީ ގުރައިދޫގެ އިތުރުގެ މާފުއްޓާއި ގުޅި އެވެ. 2019 ވަނަ އަހަރު މަޖިލީސް އިންތިހާބުގައި އެ ދާއިރާގައި އެންމެ އާބާދީ ބޮޑީ ގުރައިދޫ ގައެވެ. ނަމަވެސް "ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024" ގެ ދާއިރާތަކަށް އާބާދީ ކަނޑައެޅިއިރު ހަަ ދާއިރާއެއް އިތުރުވެ ބައެއް ދާއިރާތަކުގައި ހިމެނޭ ރަށްތަކަށް ވަނީ ބަދަލު އައިސް ފައެވެ. އަދި ގުރައިދޫ ދާއިރާގެ ނަން ވަނީ ބަދަލުވެފަ އެވެ. އެއީ ގުރައިދޫއަށް ވުރެ މާފުށީގެ އާބާދީ ބޮޑުވުމުންނެވެ. އަދި ކުރީން ގުރައިދޫ ދާއިރާ ގައި ގުޅި އެ ދާއިރާ އިން އުނިކޮށް އަލަށް އުފެދުނު ހުރާ ދާއިރާގައި ވަނީ ހިމަނާފަ އެވެ.
އާ ދައުރަށް ހަ ގޮނޑި އިތުރު ވަނީ މާލެއަށް ދެ ގޮނޑިއާ އައްޑޫ އަތޮޅާއި ބ. އަތޮޅު އަދި ގއ. އަތޮޅަށް ގޮނޑި އެކެވެ.މި ފަހަރު އައި ބަދަލާއެކު ބ. އޭދަފުއްޓާއި ގއ. ވިލިނގިއްޔާއި ރ. މީދޫ ދާއިރާގައި ހިމެނެނީ އެ ރަށްރަށް އެކަންޏެވެ.އަދި ކ. ގުރައިދޫ ދާއިރާގެ ނަން މާފުށި ދާއިރާއަށް ބަަދަލުވުމުން ތ. ގުރައިދޫ ދާއިރާގެ ނަން ގުރައިދޫ ދާއިރާއަށް ވަނީ ބަދަލު ކޮށްފަަ އެވެ. ދާއިރާގެ ނަމަށް އަތޮޅުގެ އަކުރު ބޭނުން ކުރަނީ އެއް ނަމެއް ކިޔާ ދެ ރަށެއް ހިމެނޭ ނަމަ އެވެ.މީގެ އިތުރުން ފޭދޫ ދާއިރާގެ ނަން ފޭދޫ ދެކުނު ދާއިރާއަށް ބަދަލު ކޮށްފައި ވެއެވެ.
އަންނަ އަހަރު އޮންނަ 20 ވަނަ މަޖިލީހަށް މިހާރު ހިމެނޭ 85 ދާއިރާގެ ބަދަލުގައި އިތުރު ހަ ދާއިރާއެއް އިތުރުކޮށް 93 ދާއިރާ އިން މެންބަރުން އިންތިހާބު ކުރާން ވަނީ ނިންމާފައެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
މާފުށީގެ އާބާދީ ބޮޑުވެ ގުރައިދޫ ދާއިރާ މާފުށީ ދާއިރާއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ