ހިޔާ ޓަވަރު 5 ގައި އަލިފާނުގެ ހާދިސާއެއް ހިނގުން: އިމާރާތުގެ މައި ފެން ހޮޅިއަށް ގެއްލުންވެއްޖެ

ހިޔާ ޓަވަރު 5 ގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ އިމާރާތުގެ މައި ފެންހޮޅިއަށް ގެއްލުން ވެއްޖެ އެވެ.
ގާފު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހިނގި އަލިފާނުގެ މި ހާދިސާގައި ހިޔާ ޓަވަރު 5 ގެ މައި ހޮޅިއައް ބޮޑެތި ގެއްލުންތަކެއް ވުމާއި ގުޅިގެން އެޗްޑީސީއާއި އެމްޑަބްލިއުއެސްސީން މިހާރު ވަނީ ހޮޅި މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައި އެވެ. އެގޮތުން މި މަސައްކަތަށް މުޅި އިމާރާތުން ފެނުގެ ހިދުމަތް މިވަގުތު ވަނީ ކަނޑާލާފައި އެވެ.
ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދިނުމަށް އެޗްޑީސީން ބޭނުންކުރާ ގްރޫޕަށް އެޗްޑީސީގެ ފަރާތުން ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ހިޔާ ޓަވަރު 5 ގެ މައި ހޮޅިއައް ލިބިފައިވާ ގެއްލުމެއް އިމަޖެންސީކޮށް މަރާމާތު ކުރުމުގެ މަސައްކަތައް ކުރިއަށްދާތީ އެޕާރޓްމަންޓް 6 އަދި 7 ގެ ފާހަނަ ބޭނުން ނުކުރުމައް އެދޭ ކަމަށެވެ.
އަލިފާނުގެ ހާދިސާ ހިނގީ މިރޭ އިރުއޮްއްސުނު ވަގުތު ކަމަށް އެޓަވަރުގައި އުޅޭ ފަރާތަކުން ގާފު ނޫހަށް ވަނީ މައުލޫމާތު ދީފައި އެވެ.
އަދި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެޓަވަރުގައި ދިރިއުޅޭ ހުރިހާ ފަރާތްތައް ވަނީ އިމާރާތުން ހުސްކޮށްފައެވެ. ނަމަވެސް މިހާރު ބައެއް ފްލެޓުތަކަށް މީހުން ވައްދާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މި ހާދިސާއާއި ގުޅިގެން އަދި މިހާތަނަށް ފުލުހުންނާއި ސިފައިން މާބޮޑު ތަފްސީލެއް ހާމަކޮށްފައި ނުވި ނަމަވެސް ފުލުހުންގެ ފޮރެންސިކް ޑިޕާޓްމެންޓުންވެސް މިހާރު ވަނީ އިމާރާތަށް ވަދެފައި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ