މާފަަންނު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަސްމާ ރަޝީދު (އަސްމާާއްތަ)، އެ ޕާޓީން ވަކިކުރަން ރައީސް މުހައްމަދު މުއިއްޒު އަންގަވާފައިވާ ކަމަށް ދެކެވޭ ވާހަކަތައް އެ ޕާޓީން ދޮގުކޮށްފި އެވެ.
ވީ ކިހިނެއް؟ - އަސްމާ ކަމަށް ބެލެވޭ މީހަކު މީހަކު ސަރުކާރަށާއި ރައީސް މުއިއްޒުއަށް ފާޑުވިދާޅުވެ ވާހަކަ ދެއްކެވި ފޯން ކޯލެއް ލީކުވުމާ އެކު، އެ މައްސަލަ ބަލައި ޕާޓީން ވަކިކުރަން ރައީސް މުއިއްޒު އެންގެވި ކަމަށް އަޑުފެތުރިފައިވެ އެވެ.
ތަފްސީލް - އެކަމާގުޅޭގޮތުން 'ދައުރު' އިން ސުވާލުކުރުމުން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ، އެފަދަ އެންގުމެއް އަންގާފައިނުވާ ކަމަށެވެ.
އަސްމާގެ މައްސަލައެއް އެ ޕާޓީން ބަލަމުންނުދާ ކަމަށް ވެސް ބައެއް ނޫސްތަކަށް ފަލާހު ވިދާޅުވެފައިވެ އެވެ.
އެނގުން މުހިންމު - މަޖިލިސް މެންބަރަކު އެ މީހަކު މަޖިލީހަށް އިންތިހާބުވި ޕާޓީން ކަނޑާލައިފި ނަމަ، ނުވަތަ ވަކިވެއްޖެ ނަމަ އޭނާގެ ގޮނޑި ގެއްލޭ ގޮތަށް މި ސަރުކާރުން ވަނީ ގާނޫނުއަސާސީއަށް ބަދަލު ގެނެސްފަ އެވެ.
ފާހަގަކުރެވޭ - މީގެ އެއް ދުވަސްކުރިން ލީކުވި އެ ފޯން ކޯލުގައި އަސްމާ ކަމަށް ބެލެވޭ މީހާ ވަނީ، ޕީއެންސީއަށް ވޯޓުނުދިނުމަށް ބާރު އަޅާ ވާހަކަ ދައްކާފަ އެވެ. އަދި ޕީއެންސީން ކަނޑާލައި މަޖިލިސް ގޮނޑި ގެއްލުވާލި ނަމަވެސް، ބައި-އިލެކްޝަންގައި އެމްޑީޕީގެ ވޯޓާ އެކު އެ ގޮނޑިއަށް އަލުން އިންތިހާބުވާނެ ކަމަށް ވެސް ބުނާ އަޑު އިވެ އެވެ.
އެއާއެކު އަސްމާގެ ދަރިކަލުން މުހައްމަދު ހުސެއިން ޝަރީފް (މުންދު)، ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގެ ސަފީރުކަމުން އަދި އަސްމާގެ ކޮއްކޮ ޑރ. ސަލްމާާ ރަޝީދު އދ.އަށް ރާއްޖެއިން ކަނޑައަޅާފައިވާ ދާއިމީ މަންދޫބުކަމުން ވަނީ ވަކިކޮށްފަ އެވެ.
އަސްމާ ޕީއެންސީން ވަކިކުރާކަށް ނާންގާ: ފަލާހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ