ހުމާއި ރޯގާ އިތުރުވާތީ ރައްކާތެރިވާން އެދިއްޖެ

މި ދުވަސްވަރު ހުމާއި ރޯގާ އިތުރުވަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުން މިއަދު އިލްތިމާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - އެ ހޮސްޕިޓަލުން މިއަދު ބުނީ ހޮސްޕިޓަލަށް ދައްކަންދާ ބަލިމީހުންގެ ތެރެއިން އަރިދަފުސް ރޯގާ އާއި ބޭރަށް ހިންގުން އަދި ޑެންގީ ހުން އިތުރުވަމުންދާކަން ފާހަގަވެފައިވާ ކަމަށެވެ.
ތަފްސީލް - އެއާ އެކު، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސަމާލުވުމަށް އައިޖީއެމްއެޗުން ވަނީ އިލްތިމާސްކޮށްފަ އެވެ. އެގޮތުން:
ރޯގާގެ އަލާމާތެއް ހުރި ނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ދާއިރު އާއި ހޮސްޕިޓަލަށް ދާއިރު މާސްކު އެޅުން
އުމުރުން ދުވަސްވީ މީހުންނާއި ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުން އަދި ކުޑަކުދިންނާއި މާބަނޑު މީހުންގެ އިތުރުން ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް ސަމާލުކަން ދިނުން
ސާފުތާހިރުކަމަށް އިސްކަންދީ، ސައިބޯނި ލައިގެން އަތްދޮވުމާއި ސެނިޓައިޒާ ބޭނުންކުރުން
މަދިރި އާލާވާ ފަދަ ތަންތަން ނައްތާލާ، މަދިރި ހެފުމުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުން
ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި ނޫނީ ހޮސްޕިޓަލަށް ނުދިޔުން
ގުޅުން ހުރި - ހުމާއި އަރިދަފުސް ރޯގާ އިތުރުވެފައިވާތީ އައިޖީއެމްއެޗުން ވަނީ ހާއްސަ ފްލޫ ކްލިނިކެއް ވެސް ހުޅުވައިފަ އެވެ.
މި ކްލިނިކުން ހެނދުނު 10 އިން ރޭގަނޑު 10އާ ހަމައަށް ފަރުވާ ދޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ