މެދުއިރުމަތީގެ ގިނަ ގައުމުތަކުން ވައިގެ ސަރަހައްދު ބަންދުކުރުމާ ގުޅިގެން ކެންސަލް ކުރަން ޖެހުނު ފްލައިޓުތަކުގައި އަނބުރާ ގައުމަށް ދާން އުޅުނު ޓޫރިސްޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތާށިވެއްޖެ އެވެ.
އެއާޕޯޓުގައި ތާށިވެފައި ތިބީ މިރޭ ފުރާ ގޮތަށް ޝެޑިއުލްކޮށްފައި ހުރި ފްލައިޓުތަކުގެ ތެރެއިން ގަތަރާއި ފްލައި ދުބާއި އަދި އެމިރޭޓްސްގެ ފްލައިޓުތަކުގައި ދަތުރުކުރަން ތިބި ފަސިންޖަރުންނެވެ.
މި ފްލައިޓުތަކުގައި ދަތުރުކުރަން ތިބި ފަސިންޖަރުންގެ ތެރެއިން މި ވަގުތު އެއާޕޯޓުގައި ތާށިވެފައި ތިބި ސީދާ އަދަދެއް ނޭނގެ އެވެ. ޓޫރިޒަމް ދާއިރާގެ މައުލޫމާތު އެނގޭ، އަދި ގިނަ ފްލައިޓުތަކެއް އެޖެންޓުކަން ކުރާ އިނާ މޯލްޑިވްސްގެ ފިރާގު ވިދާޅުވީ، 2000 އަކަށް ޓޫރިސްޓުން އެއާޕޯޓުގައި ތާށިވެފައި އެބަތިބި ކަމަށެވެ.
ނަމަވެސް ޓޫރިޒަމް މިނިސްޓްރީ އާއި އެއާޕޯޓު ހިންގާ، އެމްއޭސީއެލްގެ ބަހެއް ނުލިބޭތީ ރަސްމީ އަދަދެއް ނުލިބެ އެވެ.
ޓޫރިޒަމުން ބަހެއް ނުބުނި ނަމަވެސް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ޓާމިނަލް ތެރޭގައި ޓޫރިސްޓުންނާ މުއާމަލާތްކުރައްވަމުން ގެންދަވާ މަންޒަރު އެއާޕޯޓުގައި ތިބި އަދަދުގެ ނޫސްވެރިންނަށް ފެނުނެވެ.
މިރޭ ފުރަން އޮތް ފްލައިޓުތަކުގެ އިތުރުން މި އެއާލައިންތަކާއި، އިއްތިހާދާއި އެއާ އެރޭބިއާއިން ވަނީ މާދަމާ އަންނަ ގޮތަށާއި ފުރާ ގޮތަށް ޝެޑިއުލްކޮށްފައި އޮތް ހުރިހާ ފްލައިޓުތަކެއް ކެންސަލްކޮށްފަ އެވެ.
މެދުއިރުމަތީގެ ހާލަތު ގޯސްވީ އެމެރިކާ އާއި އިޒްރޭލު އިސްވެ އިރާނަށް މިއަދު ހަމަލާ ދިނުމާ ގުޅިގެންނެވެ. ރައްދުގައި އިރާނުން ދިން ހަމަލާތައް އަމާޒުކުރީ އަރަބި ގައުމުތަކުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށެވެ.
ފްލައިޓުތައް ކެންސަލް ކުރުމުން ވެލާނާ އެއާޕޯޓުގައި ޓޫރިސްޓުން ތާށިވެފައި ފްލައިޓުތައް ކެންސަލް ކުރުމުން ވެލާނާ އެއާޕޯޓުގައި ޓޫރިސްޓުން ތާށިވެފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ