މެރިން އެކްސްޕޯ: މެރިން ވައިބްގެ ސްޓޯލަށް ޒިޔާރަތްކޮށްގެން 15 ހޯސްޕަވަރުގެ ހޮންޑާ އައުޓު ބޯޑު އިންޖީނެއް ލިބުމުގެ ފުރުސަތު! މެރިން އެކްސްޕޯ: މެރިން ވައިބްގެ ސްޓޯލަށް ޒިޔާރަތްކޮށްގެން 15 ހޯސްޕަވަރުގެ ހޮންޑާ އައުޓު ބޯޑު އިންޖީނެއް ލިބުމުގެ ފުރުސަތު!

މާދަމާ ފަށާ މޯލްޑިވްސް މެރިން އެކްސްޕޯގައި ބައިވެރިވާ މެރިން ވައިބް އިން އާންމުންނަށް ވަރަށް ހާއްސަ އަދި އަގުހުރި ފުރުސަތެއް ހުޅުވާލައިފި އެވެ.
މި ފެބުރުވަރީ 5 އިން 8 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި އެކްސްޕޯގައި، މެރިން ވައިބްގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ހޮންޑާ މެރިންގެ 15 ހޯސްޕަވަރުގެ އައުޓްބޯޑް އިންޖީނެއް ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި އަގުހުރި އިންޖީނު ކާމިޔާބު ކުރުމަށްޓަކައި އެކްސްޕޯގެ ތެރެއިން ފުރިހަމަކުރަން ޖެހެނީ ވަރަށް ފަސޭހަ ތިން ފިޔަވަޅެކެވެ. އެއީ؛
މެރިން ވައިބަކީ ދުނިޔޭގެ މަޝްހޫރު ހޮންޑާ މެރިންގެ އިތުރުން ސޯލް އެޑްވާންސް، ކިކާ އަދި ދަ ކިއު އެކްސްޕީރިއަންސް ފަދަ ބްރޭންޑްތަކުގެ ރާއްޖޭގެ އެޖެންޓެވެ. އެހެންކަމުން، މި އެކްސްޕޯގެ ތެރެއިން މެރިން ދާއިރާގެ އެންމެ ފަހުގެ ޓެކްނޮލޮޖީ އާއި އުފެއްދުންތަކުގެ މައުލޫމާތު ހޯދުމުގެ ފުރުސަތުވެސް ލިބޭނެ އެވެ.
މެރިން އެކްސްޕޯ ކުރިއަށްދާނީ މާދަމާއިން ފެށިގެން ހަތަރު ދުވަހަށެވެ. އެކްސްޕޯ ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހަކު ވެސް ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ