ދެ އިންތިހާބު އެއްކުރުމަކީ ދިގު ދެމިގެންދާނެ ގޯހެއް: ޒިޔާދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ އިންތިހާބު އެއްކޮށްލުމަކީ ދިގު ދެމިގެންދާނެ ގޯހެއް ކަމަށާއި ދެ އިންތިހާބު އެއްކޮށްލުމަށް ރައްޔިތުން ނޫނެކޭ ބުނަން ޖެހޭ ކަމަށް އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެން ޒިޔާދު ވިދާޅުވެއްޖެ އެވެ.މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ ފަސް އަހަރުގެ ދައުރު 1 ޑިސެމްބަރު 2028އަށް ކުރުކޮށް، މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމަށް ގާނޫނޫއަަސާސީއަށް ސަރުކާރުން ހުށަހެޅި އިސްލާހު މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.އެކަން އެގޮތަށް ކުރުމުގެ ކުރިން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަންޖެހެ އެވެ. އެ ވޯޓް ނެގުމަށް ނިންމާފައި ވަނީ:އެޕްރީލް 4 ވަނަ ދުވަހު ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ ާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ވޯޓާ އެކުމެންބަރު ޒިޔާދު ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލާ، ރާއްޖޭގައި ބާއްވާ އިންތިހާބުތައް މަދުކުރުމަށް ނޫނެކޭ ބުނުމަށް ރައްޔިތުންގެ އަރިހުން އެދޭ ކަމަށެވެ."އަޅުގަނޑުމެން މި ދައްކާ [ވާހަކައަކީ] ތާ އަބަދަށް ގާނޫނުއަސާސީ ބަދަލު ކުރަނިއްޔޭ. ރާއްޖޭގައި ދެން ވޯޓު ލާނީ އެއްފަހަރުއޭ. ތާ އަބަދަށް. ފަސް އަހަރަކުން ނޫނޭ،" ޒިޔާދު ވިދާޅުވި އެވެ.ޒިޔާދު ވިދާޅުވީ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މިހާރު ވަޒީފާގެ ކުރިއެރުން ވެސް ލިބެނީ އިންތިހާބުތަކާ ދިމާކޮށް ކަމަށާއި އިންތިހާބުތައް މަދުވުމަކީ ފަރުދީ ގޮތުން ވެސް ގެއްލުންވާނެ ކަމެއް ކަމަށެވެ.ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ރައްޔިތުންގެ ރުހުން ހޯދަން ބާއްވާ ފެންނަ ނުފެންނަ ވޯޓާ ދެކޮޅަށް މަސައްކަތް ކުރަން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުން ބުރާސްފަތި ދުވަހުގެ ރޭ ވަނީ ފާސްކޮށްފަ އެވެ.ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި ރައްޔިތުން މަޖިލީހުގެ އިންތިހާބު ބާއްވަންވީ ރިޔާސީ ދައުރުގެ މެދު ތެރެއިންނެވެ. އެމްޑީޕީގެ އިސް ވަރަށް ގިނަ ބޭފުޅުންގެ ވިސްނުމަކީ އެއީ އެވެ. އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރައްވާގޮތުގައި ރާއްޖޭގައި ބާއްވާ މި ދެއިންތިހާބަށްވެސް އެވްރެޖްކޮށް ކޮންމެ އިންތިހާބަކަށްވެސް 100 މިލިޔަނެއްހައި ރުފިޔާ ހަރަދުކުރަންޖެހެ އެވެ. އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބަށް އެކަނިވެސް 120 އަކަށް މިލިޔަން ރުފިޔާ ހަރަދުކުރެވިފައި ވެއެވެ.ދެ އިންތިހާބު އެއްކޮށްލުމަކީ މާލީގޮތުން ދުރުރާސްތާއަށް ބަލާއިރު ހުރިހާ ފަރާތަކަށްވެސް މީގެ ފައިދާކުރާނެ ކަމެއްކަމަށް އިލެކްޝަންސް ކޮމިޝަނުން ދެކެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ