ސާހިލްގެ މައްޗަށް ދެ ދައުވާއެއް ސާބިތުވެއްޖެ

ޏ. ފުވައްމުލަކު، ކުރި، ޝިޢާއު މުޙައްމަދު ސަޢީދު ރަހުމުކުޑަ ގޮތަކަށް މަރާލި މައްސަލައިގައި ތުހުމަތުކުރެވޭ ފ. ނިލަންދޫ، ފިނިފެންމާގެ، ޢަލީ ޝާހިލްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ތެރެއިން ދެ ދައުވާއެއް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ޝިޢާއުގެ މަރުގެ މައްސަލައާ ގުޅޭ އިތުރު އަޑުއެހުމެއް މި މަހުގެ ފަހުކޮޅު ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. މި މައްސަލައަކީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ހިނގި އެންމެ އަނިޔާވެރި އެއް މަރުގެ މައްސަލަކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ