އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ފަށައިފި

އަންނަ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއިން ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން މިއަދު ފަށައިފި އެވެ.
ވީ ކިހިނެއް؟- އެމްޑީޕީގެ މި ޕްރައިމަރީގައި ޖުމުލަ 154 ކެންޑިޑޭޓުން ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ މޭޔަރުންނާއި ކައުންސިލްތަކުގެ ރައީސް އާއި މެމްބަރުން ހިމެނޭ ގޮތަށެވެ.
މިއަދު މެންދުރު ފަހު 2:30ގައި ވޯޓުލުން ފެށިއިރު، ފޮށިތައް ބަންދުކުރުމަށް ހަމަޖެހިފައިވަނީ މިރޭ 8 ޖަހާއިރު އެވެ.
މާލޭގެ ގިނަ ސްކޫލުތަކެއްގައި ވޯޓުފޮށިތައް މިހާރު ހުރީ ބަހައްޓާފަ އެވެ. އަދި ބައެއް ފޮށިތައް ކައިރީގައި ކިޔޫ ދަމާލާފައި ވެ އެވެ.
މި އިންތިހާބުގައި އެންމެ ވާދަވެރިކޮށް ދަނީ، މާލޭގެ މޭޔަރުކަމަށް ޕާޓީން ނެރޭނެ މީހަކު ހޮވުމެވެ. އެމްޑީޕީގެ ޕްރައިމަރީގައި މޭޔަރު ކަމަށް ވާދަކުރަނީ މިހާރުގެ މޭޔަރު އާދަމް އާޒިމް އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލީ އާޒިމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ