މިއަހަރުގެ ޑިޖިޓަލް ލިޓްރަސީ ޕްރޮގްރާމުތައް ފެށުމުގެ ގޮތުން އިސްރަށްވެހިންގެ ނާދީއާއެކު މާލެ އަދި ހުޅުމާލޭގައި އުރީދޫއިން ސެޝަން ތަކެއް ކުރިއަށް ގެންގޮސްފިއެވެ. އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ މި ޕްރޮގްރާމަކީ މިއަދުގެ ޑިޖިޓަލް ދުނިޔެ އިތުރަށް ރަނގަޅަށް އޮޅުންފިލުވައިދިނުމަށް ބައިވެރިންނަށް އެހީތެރިވެދޭ ޕްރޮގްރާމެކެވެ. މި ސެޝަންތަކުގެ ތެރޭގައި ސްމާޓްފޯން ބޭނުންކުރުމާއި، ޑިޖިޓަލް ޚިދުމަތްތަކާއި، އާންމު ދިރިއުޅުމަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ ޕްރެކްޓިކަލް އޮންލައިން ޓޫލްސް ހިމެނެއެވެ.
މި އިނީޝިއޭޓިވްގެ ސަބަބުން އުރީދޫއިން އިންކްލޫސިވް ޑިޖިޓަލް ކުރިއެރުމަށް ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދީ، ޓެކްނޮލޮޖީ ކުރިއަރަމުން ދާއިރު މުޖުތަމައުގެ އެއްވެސް ބަޔަކު، އަދި ހާއްސަކޮށް އިސްރަށްވެހިން ބާކީ ނުވިޔަ ނުދިނުމެވެ. އުމުރުން ދުވަސްވީ މީހުންގެ ބޭނުންތަކާއި ސްޕީޑަށް ސެޝަންތައް ބަދަލުކޮށް، މި ޕްރޮގްރާމްގެ ސަބަބުން އުނގެނުމުގެ މާހައުލު ވަރަށް ފުރިހަމައަށް ފަހިކޮށްދެ އެވެ. އުރީދޫ މޯލްޑިވްސްއިން އަންނަނީ 2018 ވަނަ އަހަރުން ފެށިގެން މެދުނުކެނޑި ޑިޖިޓަލް ލިޓްރަސީ ޕްރޮގްރާމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ފައެވެ. މި މަސައްކަތަކީ ޑިޖިޓަލީ އިންކްލޫސިވް ރާއްޖެއެއް ބިނާކުރުމަށާއި ޖީލުތަކުގެ މެދުގައި އޮތް ޑިޖިޓަލް ފަރަގު ކުޑަކުރުމަށް އެ ކުންފުނިން ކުރަމުން އަންނަ ބޮޑު މަސައްކަތުގެ ތެރެއިން ކުރަމުން އަންނަ މަސައްކަތެކެވެ. މިފަދަ ހަރަކާތްތަކުގެ ތެރެއިން އުރީދޫއިން ދަނީ މުޖުތަމައު ބާރުވެރިކުރުވައި، ޑިޖިޓަލް ދުނިޔެއެއްގައި މުޅި އުމުރަށް އުނގެނުމުގެ ހުނަރު ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ.
އުރީދޫއިން ކުރިއަށް ގެންދާ ޑިޖިޓަލް ލިޓްރަސީ ޕްރޮގަރާމްތައް އިސްރަށްވެހީގެ ނާދީގެ ބައިވެރިންނަށް ކުރިއަށް ގެންގޮސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ