ހުލާސާކޮށް އިއްޔެ: "އުސޫލު އެކުލަވާނުލައި ކާޓޫން ނަގަން ކޮމިޝަނަށް ނޭންގޭނެ" ހުލާސާކޮށް އިއްޔެ: "އުސޫލު އެކުލަވާނުލައި ކާޓޫން ނަގަން ކޮމިޝަނަށް ނޭންގޭނެ"

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (ކޮންޓްރޯލް ކޮމިޝަން) އިން މައްސަލަ ބަލާނެ އުސޫލެއް އެކުލަވާނުލައި 'އަދަދު' ނޫހުގެ ފޭސްބުކް ޕޭޖާއި އެކްސް އެކައުންޓުގައި ޝާއިއުކުރި 'ސިޔާސީ ކާޓޫނު' ނެގުމަށް ނޭންގޭނެ ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ ރައީސް އަހްމަދު ނާއިފު އިއްޔެ ވިދާޅުވި އެވެ.
ނާއިފް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މައްސަލަ ބަލާނެ އުސޫލެއް އެކުލަވާނުލައި ކޮންޓެންޓް ނެގުންފަދަ ބޮޑު ނިންމުމެއް ނުނިންމޭނެ ކަމަށާއި އެ ކާޓޫނު ދީނަށް ފުރައްސާރަވާ ސަބަބުތައް ސާފުކޮށް ތިލަކޮށް ވެސް ބަޔާންކޮށްފައި ނުވާ ކަމަށެވެ.
މިގޮތުން ކޮމިޝަނުން އިޖުރާއަތްތައް ފުރިހަމަ ނުކުރާއިރު، ކާޓޫން ނެގުމަށް ނިންމި ނިންމުމާ މެދު ގަނޫނީ ސުވާލުތައް ވެސް އޮތް ކަމަށް ނާއިފް ވިދާޅުވި އެވެ.
"އަހަރެންގެ ނަޒަރުގައި މައްސަލަ ބަލާނޭ އުސޫލެއް ނުހަދާ ކޮމިޝަނަށް މިފަދަ ބޮޑު ނިންމުމެއް ނިންމައި ކޮންޓެންޓެއް ނެގުމަށް ނުވެސް އެންގޭނެ. އަދި އެ ކާޓޫނު ދީނާ ފުރައްސާރަވާ ސަބަބުތައް ސާފުކޮށް ތިލަކޮށް ބަޔާން ކުރަންވާނެ. އެފަދަ އެއްވެސް އިޖުރާއަތެއް ކޮމިޝަނުން ފުރިހަމައެއް ނުކުރޭ. އެހެންވީއިރު، މި ނިންމުމާ މެދު ގާނޫނީ ސުވާލުތައް ވެސް އެބަ އޮތް،" ނާއިފް ވިދާޅުވި އެވެ.
ނާއިފް ވިދާޅުވީ އަދަދުގެ ކާޓޫނު ދީނަށް ފުރައްސާރަވާ ކަމަށް ބުނި ނަމަވެސް، ސިޔާސީވެރިން އެ މީހުންގެ އެޖެންޑާތައް ހާސިލްކުރަން ކޮށްފައި ނުކުރާނެކަމެއް ނޯންނާނޭކަން އެ ކާޓޫނުން ބުނެދޭ ކަމަށެވެ.
ދިވެހި ސިޔާސީ ވެށީގެ ކިލަބުކަމާއި އެވެރީންގެ ހަޔާތްކުޑަކަން ގޮސްފައިވާ ހިސާބު ނިކަން ރަނގަޅަށް އެ ކާޓޫނުން ބުނެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން އޭނާ ވިދާޅުވީ އެ ކާޓޫނުން ދީނުގެ އަސާސެއް ކަމަށްވާ ނަމާދު ކުރުމަކަށް ހަޖޫޖަހާތަން ނުފެންނަ ކަމަށެވެ.
"މިހާރު ބަހުސަކަށް ވެފައި މިވާ ކާޓޫނުގައި ވެސް ބުނެދެނީ ސިޔާސީ ވެރިން ދީނީ ސިޔާރުތައް ކުރިއަށް ނެރުއްވައި އެކަން ފަރުދާއަކަށް ހައްދަވައިގެން ސިޔާސީ މަގުސަދުތައް ހާސިލްކޮށް ހަޑިހުތުރު ސިޔާސީ ހަރަކާތް ހިންގައިގެން ނުވާނޭކަން،" އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ