ބައި އިލެކްޝަނުގެ ނަތީޖާއިން ފެނިގެންދިޔައީ ސަރުކާރާއިއެކު ދާއިރާގެ ރައްޔިތުން ތިބިކަން: ރައީސް ޞާލިހް

މިއަދު ބޭއްވި ގްރައިދޫ ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީން ކާމިޔާބުކުރުމުން ދައްކުވައިދެނީ ސަރުކާރާއިއެކު, ދައިރާގެ ރައްޔިތުން ތިއްބެވިކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިހް މިގޮތަށް ވިދާޅުވެފައިވަނީ، ގުރައިދޫ ދައިރާގެ ބައި އިލެކްޝަން އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހީމް ޝާޒް ކާމިޔާބުކުރުމާއި ގުޅިގެން ޝާޒަށް މަރުޙަބާ ދެންނެވުމަށް ކުރެއްވި ޓްވީޓެއް ގައެވެ. މި ޓްވީޓުގައި ރައީސް ޞާލިހް ވިދާޅުވެފައިވަނީ، މި އިންތިހާބުން ހާމަވެގެންދިޔައީ ސަރުކާރާއިއެކު ދައިރާގެ ރައްޔިތުން ތިއްބެވިކަން ކަމަށާއި، ފުރަތަމަ ފަހަރަށް ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބުވުމަކީ އެޕާޓީއަށް ލިބުނު ކާމިޔާބެއްކަމަށެވެ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީން ކާމިޔާބުކޮށްފައިވާއިރު، މިއީ ވޭތުވެދިޔަ 14 އަހަރުދުވަހުގެ ތެރޭގައި އެދާއިރާގެ ގޮނޑި އެމްޑީޕީއަށް ލިބުނު ފުރަތަމަ ފަހަރެވެ. އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް އާންމުކުރި ވޯޓު ފޮށިތަކުގެ ނަތީޖާއިން ދައްކާ ގޮތުގައި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ސަތޭކައަށް ވުރެ ގިނަ ވޯޓުގެ ތަފާތަކުން ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ޝާޒްއެވެ. ގުރައިދޫ ދާއިރާގެ ކޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި އިބްރާހީމް ރިޒާ އަވަހާރަވުމާ ގުޅިގެންނެވެ. ރިޒާ އަވަހާރަވީ ކެންސަރު ބައްޔަށް މެލޭޝިޔާގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ