ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން: 1097 މީހުން ވޯޓުލައިފި

މިއަދު ކުރިއަށް ދާ ރައްޔިތުންގެ މަޖިލިސްގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި މެންދު 12:00 އާއި ހަމައަށް 1،097 މީހުން ވޯޓުލައިފި އެވެ.
އިލެކްޝަން ކޮމިޝަން (އީސީ) ވިދާޅުވި ގޮތުގައި މެންދުރު 12:00 އާއި ހަމައަށް 1،097 މީހުން ވަނީ ވޯޓު ލާފައެވެ. އެއީ މި އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ 32.05 އިންސައްތަ މީހުންނެވެ.
މެންދުރު 12:00 އާއި ހަމައަށް ވޯޓުލީ މީހުންގެ ތެރޭގައި ހިމެނެނީ 566 ފިރިހެނުންނާއި 531 އަންހެނުންނެވެ.
މި އިންތިހާބުގައި ޖުމްލަ 3،423 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، މެންދުރު 12:00 އާއި ހަމައަށް ވޯޓުނުލާ މީހުންގެ ނިސްބަތަކީ 67.95 އިންސައްތައެވެ.
ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުކަމުގައި ފާއިތުވި ތިން ދައުރުގައި ހުންނެވި ރިޟާ އަވަހާރަވުމުންނެވެ. ރިޟާ އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަނިކޮށް މިދިޔަ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުގެ ރޭ މެލޭޝިޔާގަ އެވެ.
މި ބައި-އިލެކްޝަންގައި އެމްޑީޕީ އާއި ޕީޕީއެމް އަދި އެމްއެންޕީން ވެސް ވާދަކުރެއެވެ. މި ބައި-އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓެއް ގޮތުގައި ވާދަކުރަނީ އިބްރާޙީމް ޝާޒް އެވެ. ޕީޕީއެމްގެ ކެންޑިޑޭޓެއް ގޮތުގައި ވާދަކުރަނީ އަވަހާރަވި ރިޟާގެ ކޮއްކޮ އެއް ކަމަށްވާ ހުސައިން ރިޒާ އެވެ. އަދި އެމްއެންޕީގެ ޓިކެޓް ގައި ވާދަކުރަނީ އަލީ އާރިފް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ