ސަރުކާރުގެ ތަސައްވުރަކީ އިންވެސްޓަރުންގެ ބޭނުންތަކަށް އިޖާބަދޭ މާހައުލެއް ބިނާކުރުން: ސައީދު

ސައީދުގެ ވާހަކަފުޅުގައި ޖަޕާނަކީ ޒަމާނުއްސުރެ ރާއްޖޭގެ އިގުތިޞާދަށް އެތަށް ގޮތަކުން އެހީތެރިވަމުންދާ ގައުމެއްކަން ފާހަގަކުރައްވައި، އިގުތިޞާދާއި އިންވެސްޓްމަންޓްގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަތެކެއް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި ޖަޕާނުގެ ވިޔަފާރިތަކުން ނަމޫނާ ލިބިގަނެ އެއުކުޅުތައް ދިވެހި ވިޔަފާރިވެރިން ބޭނުންކުރުމަކީ މުހިންމު ކަމެއް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
"އަލަށް އަމަލުކުރަން ފެށި ފޮރިން އިންވެސްޓްމަންޓް ގާނޫނުގެ ސަބަބުން ދެފުށް ފެންނަ، އިތުބާރު ހުރި އަދި ހަލުވި ނިޒާމެއް ވަނީ ގާއިމުކުރެވިފަ. ހަމައެއާއެކު، ގެނެވޭ އިސްލާހުތަކުގެ ސަބަބުން އިންވެސްޓަރުންނަށް އިތުބާރާއެކު ވިޔަފާރިތައް ގާއިމުކޮށް ފުޅާކުރުމަށް ފަސޭހަވެގެންދާނެ. އަޅުގަނޑުމެންގެ ތަސައްވުރަކީ ބައިނަލްއަގުވާމީ އިންވެސްޓަރުންގެ ބޭނުންތަކަށް އިޖާބަދޭ، ހުޅުވާލެވިފައިވާ، ވާދަވެރި އިންވެސްޓްމަންޓް މާހައުލެއް ބިނާކުރުން." ސައީދު ވިދާޅުވިއެވެ.
މީގެ އިތުރުން، ޖިއޮގްރަފީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އަބަދުވެސް އީޖާދީ ހައްލުތައް ހޯދަމުންދާ ކަމަށާއި، އަދި ޖަޕާނުގެ ތަޖުރިބާކާރުކަމަކީ ވިޔަފާރީގެ ގޮތުން ކާމިޔާބު އަދި ދިގު މުއްދަތުގެ ބައިވެރިވުންތަކެއް އުފައްދައިދޭ ކަމެއްކަން ފާހަގަކުރައްވާކަމަށްވެސް ސައީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ