ދިރާގުން މިނިވަން ދުވަހުގެ މުނާސަބަތުގައި ހިލޭ ޑޭޓާ އާއި އިތުރު އޮފާތައް

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، ދިރާގުން ޚާއްސަ އޮފާތަކެއް ތައާރަފުކޮށްފިއެވެ. މި އޮފާގެ ދަށުން ދިރާގުގެ ހުރިހާ ޕްރިޕެއިޑް ކަސްޓަމަރުންނަށް 6ޖީބީ ހިލޭ ބޯނަސް ޑޭޓާ ލިބޭނެއެވެ. މި ޑޭޓާ ހޯދުމަށް ދިރާގު އެޕް ނުވަތަ #225* މެދުވެރިކޮށް، މިއަދު އިރުއޮއްސި 6:00 ގެ ކުރިން އެކްޓިވޭޓް ކުރެވޭނެއެވެ. ދިރާގުން ބުނީ، މިއީ މިނިވަން ދުވަހުގެ ޗުއްޓީގައި އާއިލާ އާއި ރައްޓެހިންނާ އޮންނަ ގުޅުން ބަދަހިކޮށް، މުއާމަލާތް ކުރުމުގައި ލުއިފަސޭހަކަން ފޯރުކޮށްދިނުމުގެ ގޮތުން އެ ކުންފުނިން ފަހިކޮށްދީފައިވާ ފުރުސަތެއް ކަމަށެވެ. މީގެ އިތުރުން، ގޭގެ އިންޓަނެޓްގެ ޚިދުމަތް އަޕްގްރޭޑް ކުރަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ދިރާގުން ވަނީ ލިމިޓެއްނެތް ފައިބަރގެ ޚާއްސަ އޮފާއެެއްވެސް އިއުލާންކޮށްފައެވެ. މިގޮތުން އަންނަ ހުކުރު ދުވަހުގެ ކުރިން ލިމިޓެއްނެތް ފައިބަރ ކަނެކްޝަނަކަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް، ރައުޓަރާއި ކަނެކްޝަން މުޅިން ހިލޭ ލިބޭނެއެވެ. މީގެ ސަބަބުން އިތުރު ޚަރަދަކާ ނުލައި، ހަލުވި އަދި އިތުބާރު ހުރި ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް ކަސްޓަމަރުންނަށް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ. ހަމައެއާއެކު، މި އޮފާގެ ދަށުން ލިމިޓެއްނެތް ފައިބަ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް، އެލައިޑް އިންޝުއަރެންސްގެ 'ހޯމް ކޮންޓެންޓްސް ތަކަފުލް' މުޅިން ހިލޭ ލިބޭނެކަން ދިރާގުން ފާހަގަކުރިއެވެ. މި ސްކީމްގެ ދަށުން ގޭގައި ހުންނަ މުދަލުގެ 20 އަށްވުރެ ގިނަ ބާވަތަކަށް، އެއް އަހަރު ދުވަހުގެ މުއްދަތަށް 150,000 ރުފިޔާއާ ހަމައަށް އިންޝުއަރެންސް ކަވަރޭޖް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. ދިރާގުން ފާހަގަކުރި ގޮތުގައި، އެ އޮފާ މެދުވެރިކޮށް ހަލުވި އިންޓަނެޓާއެކު، ގޭގެ މުދަލަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރުކަރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިވާނެއެވެ. މި އޮފާތަކާ ބެހޭ އިތުރު މައުލޫމާތު ދިރާގުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން މަސައްކަތް ކުރަމުން ދަނީ ޒަމާނީ ޑިޖިޓަލް ޚިދުމަތްތަކާއި އިތުބާރު ހުރި ކަނެކްޓިވިޓީ މެދުވެރިކޮށް ދިވެހީންގެ ދިރިއުޅުން މުއްސަނދިކޮށް، ކަސްޓަމަރުންނަށް ފައިދާހުރި އަދި އުފާވެރި ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ