އަހަރަކަށް ޖެހޭ އެވްރެޖް އާމްދަނީގެ 2.5 އިންސައްތައަށްވުރެ އިތުރުނުވާނެ ގޮތެއްގެ މަތީން، ދައުލަތުގެ މަރުކަޒީ ބޭންކުން އެޑްވާންސަށް، ސަރުކާރަށް ދަރަންޏަށް ފައިސާ ނެގިދާނެ އެވެ.
ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިއަދު ތަސްދީގު ކުރައްވައިފި އެވެ.
މިއީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބަދަލުގައި، އެކަށީގެންވާ ގޮތެއްގައި ތަންފީޒުކުރެވޭނެ ފިސްކަލް ހަމަތަކާގުޅޭ އައު ނިޒާމެއް ތައާރަފުކޮށް، ދައުލަތުގެ ފިސްކަލް އެންމެހައި ކަންކަން ހިންގަނީ ފިސްކަލް ޑިސިޕްލިން ހާސިލުކުރެވޭނެ ފަދައިން، ދެމެހެއްޓެނިވި، ދެފުށް ފެންނަ، އަދި ޒިންމާދާރު ގޮތެއްގައިކަން ކަށަވަރުކުރުމުގެ ގޮތުން، ދައުލަތުގެ ފިސްކަލް ކަންކަމާ ގުޅޭ ހަމަތަކާއި، އަމާޒުތަކާއި، އުސޫލުތައް ބަޔާންކުރާ ބިލެކެވެ.މި ބިލުގައި ދައުލަތުގެ ކޭޝްފްލޯ މެނޭޖުކުރުމަށް ޓަކައި، ވޭތުވެދިޔަ ތިން އަހަރުދުވަހުގެ ތެރޭގައި ސަރުކާރަށް ލިބުނު ޖުމުލަ އާމްދަނީގެ މައްޗަށް ބިނާކޮށް، އަހަރަކަށް ޖެހޭ އެވްރެޖް އާމްދަނީގެ 2.5 އިންސައްތައަށްވުރެ އިތުރުނުވާނެ ގޮތެއްގެ މަތީން، ދައުލަތުގެ މަރުކަޒީ ބޭންކުން އެޑްވާންސަށް، ސަރުކާރަށް ދަރަންޏަށް ފައިސާ ނެގިދާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.މި ބިލުގެ ދަށުން ފިސްކަލް ޒިންމާގެ ޗާޓަރާއި، ފިސްކަލް ސްޓްރެޓަޖީގެ ބަޔާނާއި، ބަޖެޓު ނަތީޖާ ބަޔާނާއި، ފިސްކަލް ހިރާސް ބަޔާނެއް އެކުލަވައިލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް މިނިސްޓަރ އޮފް ފިނޭންސްގެ މައްޗަށް ލާޒިމުކޮށްފައިވެ އެވެ. އެގޮތުން މި ގާނޫނުގެ ދަށުން އެކުލަވައިލާ ފުރަތަމަ ފިސްކަލް ޒިންމާގެ ޗާޓަރު، މި ބިލު ގާނޫނަކަށްވެ މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ ހަ މަސްދުވަހުގެ ތެރޭގައި އެކުލަވައިލައި، ފާސްކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަން ވާނެ ކަމަށް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.އޭގެ އިތުރުން، މި ބިލުގައި ހުރި ކަންކަމަށް ސަރުކާރުން ޢަމަލުކުރާ މިންވަރު ވަޒަންކުރުމުގެ ގޮތުން، މާލީ ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަސް ނިމުމުގެ ކުރިން ރިޕޯޓެއް އެކުލަވައިލައި، އެ ރިޕޯޓު މިނިސްޓަރ އޮފް ފިނޭންސަށާއި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އޮޑިޓާ ޖެނެރަލްގެ މައްޗަށް މި ބިލުން ލާޒިމުކޮށްފައިވެއެވެ. އަދި "ފިސްކަލް އިމްޕެކްޓް އެނަލިސިސް" އެއް ހަދައި، ސަރުކާރުން ހުށަހެޅުމަށް ބަޔާންކޮށްފައިވާ ކަރުދާސްތަކާއި އޮޑިޓާ ޖެނެރަލް ހުށަހަޅާ ރިޕޯޓަށް ބިނާކޮށް، ސަރުކާރަށް ލަފާދިނުމުގެ މަސްއޫލިއްޔަތު ރައްޔިތުންގެ މަޖިލީހާ މި ބިލުގައި މަތިކޮށްފައިވެއެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލު ތަސްދީގު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ