މުނިސިޕަލް ހިދުމަތްތައް މާލޭ
ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމަށް ފުރިހަމަ އެއްބާރުލުން ދޭނެކަމަށް ހައުސިން
ޑިވެލޮޕްމެންޓް ކޯޕޮރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ފަޒުލް
ވިދާޅުވެއްޖެއެވެ.
އެޗްޑީސީ އިން ދެމުން ގެންދާ
މުނިސިޕަލްގެ ހިދުމަތް މާލޭ ސިޓީ ކައުންސިލުގެ ދަށަށް ބަދަލުކުރުމަށް އެޗްޑީސީގެ
އިސްވެރިންނާއެކު ވަނީ މަޝްވަރާ ކޮށްފައެވެ.
އެޗްޑީސީގެ މެނޭޖިންގް
ޑިރެކްޓަރ އިބްރާހިމް ފަޒުލް ވިދާޅުވީ މާލޭ
ސިޓީ ކައުންސިލަށް މުނިސިޕަލްގެ ހިދުމަތް ބަދަލުކުރުމަށްޓަކައި، މާލޭ ސިޓީ
ކައުންސިލާއި އެޗްޑިސީއާ އެއްބަސްވުމެއް އެކުލަވާލެވުނު ކަމަށާއި އޭގެ ތަފްސީލީ
މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން އެޗްޑިސީން ގަބޫލުކުރާ ގޮތުގައި،
މާލޭ ސިޓީއަށް މުނިސިޕަލްގެ ހިދުމަތްތައްދޭ އިރުގައި ހަމައެކަނި ދޫކުރާނީ މުނިސިޕަލް
ހިދުމަތްތަކާއި ބެހޭ ކަންކަން ކަމަށެވެ.
ފަޒުލް ވިދާޅުވީ މުނިސިޕަލް
ހިދުމަތްތައް ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމަށްޓަކައި އެޗްޑީސީ ދޫ
ދޭންޖެހޭ ދިނުން ނުވަތަ މާލޭ ސިޓީ ކައުންސްލްގެ ގާނޫނީ އިމުގެތެރެއިން ކުރަންޖެހޭ
ކަންތައްތައް ކުރުމަކަށް އެޗްޑީސީގެ ފަރާތަކަން އެއްވެސް ހުރަހެއް ނޯންނާނެ ކަމަށެވެ.
މީގެއިތުރުން، ފަޒުލް ވިދާޅުވީ
އެޗްޑީސީން މުނިސިޕަލް ހިދުމަތްތައް ބަދަލުކުރުމުގެ ފުރުސަތު ސިޓީ ކައުންސިލަށް
ފަހިކޮށްދޭނެ ކަމަށާއި ނަމަވެސް ގާނުނީ ގޮތުން ހުރި ގޮންޖެހުންތަކެއް ސިޓީ
ކައުންސިލަށް އަމާޒުވެފައި އޮތް ކަމަށެވެ.
ފަޒުލް ވިދާޅުވީ
އެމްއޯޔުއެއްގައި ސޮއިކުރެވިގެން މުނިސިޕަލް ސާރވީސް ހިދުމަތްތައް އެބޭފުޅުންނާ ހިއްސާކޮށް ފޯރުކޮށްދިނުމަށްޓަކައި، ގައިޑްލައިންތަކެއް ކަނޑައެޅި އަދި، ސިޓީ ކައުންސިލަށް
ޓްރާންސްފާ ކުރާ އަދަދާ ހުރިހާ ފުރުސަތުތަކެއް އެޗްޑީސީގެ ފަރާތުން ވާނީ ހިއްސާކޮށްފައި ކަމަށެވެ.
ފަޒުލް އިތުރަށް ވިދާޅުވީ
މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލަށް ބަދަލުކުރާއިރު ބައެއް
މުވައްޒަފުންވެސް ބަދަލުވާނެ ކަމަށާއި އަދި އެއް އަހަރުވަންދެން އެ މުވައްޒަފުންގެ މުސާރަ
ދޭނީވެސް އެޗްޑީސީން ކަމަށެވެ.
ފަޒުލް ވިދާޅުވީ އޮފީސް
ބޭސްއަށް އެޗްޑީސީން ސިޓީ ކައުންސިލަށް ބިމެއް ދޫކޮށްދޭނެ ކަމަށާއި އޮޕަރޭޝަނަލް
ބޭނުމަށް އިތުރުބިމެއް ވެސް ދޫކުރާނެ ކަމަށެވެ.
މާލޭސިޓީ ކައުންސިލްގެ ޑެޕިއުޓީ
މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލަށް ބަދަލުކުރާއިރު
ވިސްނަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި ކަމަށާއި އަދި ސިޓީ ކައުންސިލުން
ހިދުމަތް ފަށަންވާނީ އެކަން ނުހުއްޓޭ ގޮތަށް ކަމަށެވެ.
ނަރީޝް ވިދާޅުވީ އެންމެ ބޮޑު
ކަންބޮޑުވުމަކީ ދާއިމަށް ހިދުމަތްދިނުމަށްޓަކައި ބޭނުންވާ ފައިސާ، ޖަނެރޭޓް ކުރާނެ
ގޮތެއް ހޯދުންކަމަށާއި އެ ނޫން ހުރިހާ ކަމަކަށް ސިޓީ ކައުންސިލުން އެއްބަސްވާ
ކަމަށެވެ.
ނަރީޝް އިތުރަށް ވިދާޅުވީ އެޗްޑީސީން
މީގެ ކުރިން ކުރަމުން އައި ކަމެއް ސިޓީ ކައުންސިލުން ހަވާލުވެގެން ކުރާނަމަ، އެ
ހިދުމަތް ދޭންވާނީ އެޗްޑީސީއަށް ވުރެވެސް ރަނގަޅަށް ކަމަށެވެ.
މުނިސިޕަލް ހިދުމަތްތައް ބަދަލުކުރުމަށް ފުރިހަމަ އެއްބާރުލުން ދޭނަން: ފަޒުލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ