ސަރުކާރުން ސެންޓާވިއު އާއެކު ހެދި އެއްބަސްވުން އުވާލައިފި

ރާއްޖޭގެ ދަރަނީގެ މައްސަލަތަކާ ބެހޭ ގޮތުން ލަފާ އާއި އިރުޝާދު ހޯދުމަށް ކަނޑައެޅި އެމެރިކާގެ ސެންޓަވިއު ޕާޓްނަރުންނާ އެކު ހެދި އެއްބަސްވުން ރާއްޖޭން އުވާލައިފި އެވެ.އެނގިފައިވާ ގޮތުގައި ސެންޓާވިއު އައްޔަން ކުރީ މަހަކު 55،000 ޑޮލަރު ނުވަތަ 8448،100ރ. ގެ ރީޓެއިނާ އެގްރިމެންޓެއްގެ ދަށުންނެވެ. ނަމަވެސް ސަރުކާރުގެ ފަޅިން އެ އެގްރިމެންޓު މިހާރު އުވާލާފައިވާކަން މައުލޫމާތު އެނގޭ މަސްދަރަކުން މި ނޫހާ ވާހަކަ ދައްކަމުން ބުންޏެވެ.ސެންޓާވިއު އައްޔަން ކުރިކަން ދިވެހި ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ދެ މަސްދަރަކާ ހަވާލާދީ ނިއުސް އެޖެންސީ ރޮއިޓާސް އިން ވަނީ އެ ހަބަރު މި ހިނގާ އޮކްޓޯބަރު 12، ގައި ގެނެސްދީފަ އެވެ.ދަރަނި މެނޭޖުކުރުމުގެ ލަފާ ހޯދަން ދިވެހި ސަރުކާރުން ކުރިން ނިންމި ސެންޓަވިއު ޕާޓްނާސް އުފެއްދީ 2006 ވަނަ އަހަރު އެވެ. އެ ފާމުން އަންނަނީ ދުނިޔޭގެ އެކި ކުންފުނިތަކާއި ގައުމުތަކަށް މާލީ ކަންކަމުގައި ލަފާ ދެމުންނެވެ. އެ ފާމުގައި 60 ޕާޓްނަރުންނާއި 400 އަށް ވުރެ ގިނަ ތަޖުރިބާކާރުން މަސައްކަތް ކުރެ އެވެ.ރާއްޖޭގެ ދަރަނި މެނޭޖު ކުރުމަށް ސަރުކާރުން ރިފޯމް އެޖެންޑާއެއް އިއުލާން ކޮށްފައިވާއިރު، ރިފޯމު އަވަސް ކުރަން މާލީ އިދާރާތަކުން ވަނީ ލަފާދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ