މޫސުން އަދިވެސް ގޯސް؛ ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު!

ރާއްޖެއަށް ކުރަމުންދާ ވިއްސާރަައިގައި މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މޫސުމާއި ބެހޭ އިދާޜާ (މެޓް އޮފީސް) އިން ހުދު ސަމާލު ނެރެފިއެވެ.
މޫސުމާއި ބެހޭ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ، މިއަދު ހެނދުނު 8:00 އިން މިއަދު މެންދުރު 14:00 އާއި ހަމައަށް، ރ އަތޮޅުން ފެށިގެން ލ އަތޮޅާއި ދެމެދަށެވެ.
އެ އިދާރާއިން ބުނީ މި ސަރަހައްދަށް މިއަދު ބޯކޮަށް ވާރޭވެހުމާއިއެކު، ގުގުރާނެކަމަށް ލަފާކުރާ ކަމަށެވެ.
Advertisement
ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް އެ އިދާރާއިން ލަފާކޮށްފައިވާއިރު، މިއީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުން ނިމި އިރުވައި މޫސުން ފެށޭ ދުވަސްވަރާއި ދިމާކޮށް މި ސަރަހައްދުގައި އުފެދިފައިވާ ލޯ ލެވެލް ސާކިއުލޭޝަންއަކާއި ގުޅިގެން ކުރަމުންދާ ވިއްސާރައެއްކަމަށް އެ އިދާރާއިން ބުނެއެވެ.
މި ވިއްސާރައިގައި، ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖެ ސަރަހައްދަށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް، މޫސުމާއި ބެހޭ އިދާރާއިން ވަނީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ