ގިނަ ބައަކަށް ކުރިމަތިވެފައިވާ ފުއްޕާމެއާ ފުރަމޭގެ މައްސަލަތަކަށް ޝީފާ ލިބޭ ބައެއް ކާނާ!

މަންމައަށް ފުއްޕާމޭގެ މައްސަލަތައް ކުރިމަތިވުން ތިމާއަށް ފުރަމޭގެ މައްސަލަތައް ކުރިމަތިވުން މިހެންގޮސް ކިޔޭކަށް ނެތެވެ. މިފަދަ މައްސަލަތަކުން ސަލާމަތްވެ ހުރެވޭ މީހަކު މިހާރު މަދެވެ. ސަބަބުތަކަށް ބަލާއިރު ޑޮކްޓަރުން ފާހަގަކުރަނީ ޖައްވު ނުސާވުމާއި ރޯގާތައް ގިނަވުމާއި ކެއުމުގެ ވައްތަފާޅިއަށް ގެނެވިފައިވާ ބަދަލެވެ. ފައިދާހުރި ތަކެތި ކައިބޮއި ނުހަދާ ކަމެވެ.
ޑޮކްޓަރަށް ދައްކަން ކުރަންޖެހޭ ހޭދަ ބޮޑުވެ އަތްނުފޯރާފަށަށް އަރައިފިއެވެ. އަދި އަތުގައި ފައިށާހުރިނަމަވެސް ރަނގަޅު ޑޮކްޓަރަކަށް ދައްކަން އެޕޮއިންޓްމަންޓެއް ހޯދުން ބޮޑުކަމަކަށްވެއްޖެއެވެ. ވީމާ ކޮންމެ ކަމެއް ދިމާވުމުން ޑޮކްޓަރުން ގާތަށް ގޮސް ބޭސްކުރުމަށް ވިސްނުން އެއީ ބޮޑުކަމަކަށް މިއޮތީވެފައެވެ.
ވީމާ ކަންކަން ދިމާވުމުގެ ކުރިން ސަލާމަތުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަންވާނެއެވެ. ޑޮކްޓަރުން ގާތަށް ދާން ވިސްނަންވާނީ ދުޅަހެޔޮ ޞިއްޙަތަކަށް މަސައްކަތްކުރަމުންނެވެ. ދެންވެސް ދާންޖެހިއްޖެނަމައެވެ.
ފުއްޕާމެއާއި ފުރަމޭގެ ބަލިތަކަކީ މިހާރަކަށް އައިސް ވަރަށް ޢާންމުބަލިތަކެކެވެ. ދުޅަހެޔޮ ޞިއްހަތެއްގައި ހުރުމަށްޓަކައި މެއާއި ފުރަމޭގެ ދުޅަހެޔޮކަން އިންތިހާއަށް ބޭނުންވާއިރު އެކަމަށް ބޭނުންވާ ރަނގަޅު ކާނާ ކެއުމުގެ މުހިންމުކަން ފާހަގަކުރެވެއެވެ.
ފުއްޕާމޭ ސާފުކުރުމަށާއި މޭގެ ދުޅަހެޔޮކަމަށްޓަކައި ބޭނުންކުރެވިދާނެ ބައެއް ބާވަތްތަކަކީ، ލޮނުމިދު، ގްރޭޕްފުރުޓް، އިނގުރު އަދި ކެރެޓެވެ. މިބާވަތްތައް ދިޔަފެލައިގެންވެސް ބޮވިދާނެއެވެ. މުހިންމީ ރޯ ނުފިލުވައި ތާޒާކަމާއިއެކު ބޭނުންކުރުމެވެ.
ފުރަމޭ ސާފުކުރުމަށާއި މޭގެ ދުޅަހެޔޮކަމަށްޓަކައި ބޭނުންކުރެވިދާނެ ބައެއް ބާވަތްތަކަކީ، ޓޮމާޓޯ، ގްރޭޕްފުރުޓް، ސްޕިނެޗް (ބޯވެލިފަތް)، ރީނދޫ، އެވެ.
މެއާއި ފުރަމޭ ގެ ބަލިތަކަކީ ޖެހިއްޖެ ނަމަ ސަލާމަތްވުން އުނދަގޫ ވަރަށް ބޮޑެތި ހޭދަތައްވެސް ކުރަންޖެހޭ ބަލިތަކެކެވެ. ބަދަލުކުރުންވެސް އެހައިމެ އުނދަގޫވެފައި ނުރައްކައުތެރިކަން ބޮޑު ގުނަވަންތަކެކެވެ.
ވީމާ އެންމެ މުހިންމު ކަމަކީ ގުނަވަންތައް ދުޅަހެޔޮކަންމަތީގައި ބަހައްޓަން މަސައްކަތްކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ